އަނިޔާއެއް ދިނުމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި ކޯޓު އަމުރާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ އަަށް އުފަން ހ. ތުނިގާ، އިސްމާއީލް ޝުޖާއު (43އ) އެވެ. ފުލުހުން ބުނި ގޮތުގައި މީނާ އަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ މިހާތަނަށް ހާޒިރު ކުރެވިފައި ނުވާ މީހެއް ކަމަށެވެ.

އެގޮތުން ފެބްރުއަރީ 26، 2023 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް މީނާ ހާޒިރުުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. އެހެންކަމުން ޝުޖާއުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިިބިފައިވާ ފަރާތެއް ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

ކޯޓުން ބަލަމުންދާ އެކި އެކި މައްސަލަ ތަކުގެ އިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ވެސް މީގެ ކުރިން މީހުން ހޯދުމަށް އިއުލާން ކޮށްފައި ވެއެވެ. އެގޮތުން ދާދި ފަހުން ވަނީ މާރާމާރީއެެއް ހިންގުމުގެ މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް އެދިފައެވެ.