ހުޅުމާލޭ ފޭސް 1ގައި 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މަންޒަރު ފެނުނު ބަޔަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނީ ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 08:25 ހާއިރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގާފާވާއިރު އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. މި މަހުގެ 10 ވަނަ ދުވަހު ބްރިޖް ހައިވޭގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.