މާދަމާ ވެމްކޯގެ ހިދުމަތްތައް ދޭނީ ހެނދުނު 8 އިން ހަވީރު 5 އަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާންމު ގޮތެއްގައި ވެމްކޯ އިން ކުނި އުކާލުމާއި ކުނި ނެގުމުގެ ހިދުމަތް ދެމުން ގެންދަނީ އިރުއޮއްސި 6 އިން ފެށިގެން ރޭގަނޑު 11 ޖަހަން ދެނެވެ.

އިއްޔެ ކުރި އިއުލާނެއްގައި ވެމްކޯ އިން ބުނީ، އެ ކޯޕަރޭޝަންގެ އަހަރީ ދުވަހާ ގުޅިގެން، މާދަމާ ގްރޭޓާ މާލެ ސަރަހައްދުގައި ކުނި އުކާލުމާއި، ޓްރާންސްފާ ފެސިލީޓީގެ އިތުރުން ޑިސްޕޯސަލް ސައިޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7 އިން ހަވީރު 5 އާ ހަމައަށް ކަމަށެވެ.

އެއާއެކު، އެ ދުވަހު ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ވެމްކޯ އިން ވަނީ އާންމުކޮށްފައެވެ. އެގޮތުން:

  • މާލެ / ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން (މެންދުރު 2 އިން ހަވީރު 5 އަށް)
  • ހުޅުމާލެ (ފޭސް 1) ހައުސްހޯލްޑް ކަލެކްޝަން (މެންދުރު 12 އިން ހަވީރު 5 އަށް)
  • ހުޅުމާލެ (ފޭސް 2) ހައުސްހޯލްޑް ކަލެކްޝަން (ހެނދުނު 7 އިން ހަވީރު 3 އަށް)
  • މާލެ / ހުޅުމާލެ / ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން (ހެނދުނު 8 އިން ހަވީރު 5 އަށް)
  • ކޯލް އެންޑް ޕިކަޕް ސާވިސް (ހެނދުނު 9 އިން ހަވީރު 4 އަށް)
  • ތިލަފުށި ޑިސްޕޯސަލް ސައިޓް (ހެނދުނު 8:30 އިން ހަވީރު 5 އަށް)

ސަރުކާރުން މާލެ އާއި ބައެއް ރަށްރަށުގައި ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް ވެމްކޯ އުފައްދާފައި ވަނީ 2016 ގައެވެ.

ވެމްކޯ އިން އެ ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ގޭގެއަށް ގޮސް ކުނި އުކާލުމުގެ ހިދުމަތްތައް ދެމުން ގެންދިޔަ ނަމަވެސް، މާލޭގެ އާންމު ތަންތަނާއި މަގުތައްމަތި ސާފުކުރުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލުންނެވެ.