އިންޑިއާއިން ފޯރުކޮށްދީފައިވާ ލޯން މެދުވެރިކޮށް ހިންގަމުން އަންނަ 10 މަޝްރޫއަކުން ޓެކްސް ނުނަގާން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާއިން ރާއްޖެއަށް ލޯން ދޫކޮށްފައި ވަނީ އެ ގައުމުގެ އެގްޒިމް ބޭންކް މެދުވެރިކޮށެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ ގައުމުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ޖުމްލަ 10 މަޝްރޫއަކުން ޓެކްސް ނުނަގަން ނިންމި އިރު އޭގެ ތެރޭގައި ހިމެނެެނީ؛

  1. އައްޑޫ ޑިވެލޮޕްމެންޓު ޕްރޮޖެކްޓު ކޮންސަލްޓެންސީ - އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑް އަދި އެއާ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑް ލިމިޓެޑް ޖޭވީ އެލްއެލްޕީ
  2. އައްޑޫ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުހެދުން - އެފްކޮންސް އިންފްރާސްޓްރަކްޗާ
  3. އދ. ދަނގެތި، އދ. ދިގުރަށް، ވ. ފެލިދޫ، ވ. ފުލިދޫ އަދި ވ. ތިނަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު - ޖޭއެމް ސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް
  4. މ. މަޑުއްވަރީ، މ. ކޮޅުފުށި، މ. މުލި، ފ. ދަރަނބޫދޫ، ފ. ބިލެތްދޫ، ދ. ބަނޑިދޫ އަދި ދ. މީދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު - އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑް
  5. 34 ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކުުރުމާއި ޕްރޮޖެކްޓު މެނޭޖުމެންޓް ކޮންސަލްޓެންސީ - ޝާހު ޓެކްނިކަލް ކޮންސަލްޓްސް ޕްރައިވެޓް ލިމިޓެޑް
  6. ގުޅީފަޅުގައި އެޅުމަށް ހުށަހަޅާފައިވާ ބަނދަރާއި އިންޑަސްޓްރިއަލް އޭރިއާ ގުޅުވައިދޭ ތިލަފުށި ލިންކު ދާއިމީކޮށް މާލެއާ ގުޅުވައިދޭ މަޝްރޫއު - އެފްކޮންސް އިންފްރާސްޓްރަކްޗާ
  7. ހދ. ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު - ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ޕްރައިވެޓް ލިމިޓެޑް
  8. ތ. ހިރިލަންދޫ، ލ. ގަން، ލ. އިސްދޫ، ލ. މާމެންދޫ އަދި ލ. މާބައިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު - އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑް
  9. ޅ. ކުރެންދޫ، ކ. ގާފަރު، ކ. ކާށިދޫ، އއ. މާޅޮސް އަދި އއ. ތޮއްޑޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު - ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް
  10. ހއ. ކެލާ، ހއ. ބާރަށް، ހދ. ވައިކަރަދޫ، ށ. ފުނަދޫ، ށ. ޅައިމަގު އަދި ނ. މަނަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު - ވިޝްވަރާޖު އެންވަޔަރަމެންޓު ޕްރައިވެޓް ލިމިޓެޑް

މި ހިމަނާލެވުނު މަޝްރޫއުތަކާ ގުޅިގެން ދައްކަން ޖެހޭ ޓެކްސް އިންސްތިސްނާ ކޮށްދިނުމަށް ސަރުކާރާއި އެގްޒިމް ބޭންކާ ދެމެދު ވަނީ އެއްބަސްމުގައި ސޮއިކޮށްފައެވެ. މިގޮތަށް އެއްބަސް ވެފައި މިވަނީ، ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދުގެ 7 ވަނަ މާއްދާ އާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސް ކަނޑައަޅުއްވައި ފަރާތްތަކުގެ ދަފުތަރެއް ފިނޭންސް މިނިސްޓްރީން އިއުލާނުކުރަން ޖެހެއެވެ.

ހދ. ކުމުންދޫގައި އެމްޑަބްލިޔުއެސްސީ އިން ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް

އެގޮތުގެ މަތިން ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު އާންމުކޮށްފަ އެވެ. މި މައުލޫމާތުގެ އިތުރުން، މަޝްރޫއުތައް ހިންގާ ކުންފުންޏާއި ޓެކްސް ދެއްކުން އިސްތިސްނާވާނެ މުއްދަތު އަދި އެ އިސްތިސްނާ ދިން ސަބަބު ވަނީ އެ މިނިސްޓްރީން އާންމުކޮށްފައެވެ.