ފުވައްމުލަކު ސިޓީ ދޫޑިގަން އަވަށު ޗަސް ބިން ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ދޫޑިގަން އަވަށު ޗަސް ބިން ސަރަހައްދުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހަބަރު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 19:40 ހާއިރު ކަމަށެވެ. އެއާއެކު ފުވައްމަލު ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ވަނީ އެ ސަރަހަށްދަށް ގޮސްފައެވެ.

އަލިފާންގަނޑު ނިއްވާލެވިފައި ވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދޫޑިގަން އަވަށު ޗަސް ބިމުގައި ރޯވެފައިވާއިރު މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ އެ ސަރަހައްދުގައި އަލިފާން ރޯވެފައެވެ.

ދޫޑިގަން އަވަށުގެ ޗަސް ބިމަކީ ބޯކޮށް ވިނަ ހެދިފައި އޮންނަ ސަރަހައްދެކެވެ.