ފުވައްމުލަކު ސިޓީ ދޫޑިގަން އަވަށު ޗަސް ބިން ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނި ދޫޑިގަން އަވަށު ޗަސް ބިން ސަރަހައްދުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހަބަރު ލިބިފައިވަނީ މިރޭ 19:40 ހާއިރު ކަމަށެވެ. އަދި ފުވައްމަލު ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ވިކަން މިހާތަނަށް އެނގިފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

ދޫޑިގަން އަވަށު ޗަސް ބިމުގައި ރޯވެފައިވާއިރު މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ އެ ސަރަހައްދުގައި އަލިފާން ރޯވެފައެވެ.

ދޫޑިގަން އަވަށުގެ ޗަސް ބިމަކީ ބޯކޮށް ވިނަ ހެދިފައި އޮންނަ ސަރަހައްދެކެވެ.