ފުވައްމުލަކުގައި އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

މިއީ މި މަޝްރޫއު ބީލަމަށް ލި ތިން ވަނަ ފަހަރެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އަލުން މި މަޝްރޫއު ބީލަމަށްލީ އިސްލާހުތަކެއް ގެނެސްފައި ކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މި މަހު 9 އިން 21 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފުވައްމުލަކުގައި ހަދަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ ބިޑް ސެކިއުރިޓީ އަށް 2100،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަސް ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ އެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.

އަދި ބީލަން ހުޅުވުން އޮންނާނީ މި މަހު 23 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ބައިގެ ޖަލްސާކުރާ މާލަމުގައެވެ.