ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައި ވަނީ ޒޯން އޭ ގެ ބިންތަކެވެ.

ބިން ވިއްކާ އުސޫލުތައް؛

  • އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް)
  • ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުން
  • ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުން
  • ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ

2 މަރުހަލާ އަކަށް ބަހާލައިގެން ބިން ވިއްކުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށައެޅުމެވެ. އީއޯއައި ހުށައަޅާ ބިމަށް ބިޑް ކުރުމަކީ ދެ ވަނަ މަރުހަލާއެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ އޮންލައިން ޕޯޓަލް ފެބްރުއަރީ 7 ވާ އަންގާރަ ދުވަހު އާންމުކޮށް ހުޅުވާލާނެއެވެ.

ބީލަމާ ގުޅޭ އިތުރު މައުލޫމާތު ޕޯޓަލްގައި އާންމު ކުރާ ދުވަހު އެޗްޑީސީގެ ވެބްސައިޓް އަދި ގެޒެޓުންވެސް މައުލޫމާތު ލިބެން ހުންނާނެއެވެ.