ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު ރ. އިނގުރައިދޫ، މާހާ، ނިޝާހް އަބްދުލް ޣަފޫރު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު 18 އަހަރުގެ ނިޝާހް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ ކަމުގެ މައުލޫމާތު މިރޭ 6:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނިޝާހް މަހިނބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ނިޝާހް މަރުވެފައިވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު ސަލާމަތް ކުރަން އުޅެނިކޮށް ކަމަށް ވެސް އަޑު ވަނީ ފެތުރިފައެވެ. ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މީގެ ކުރިންވެސް ނިޔާވެފައެވެ.