ޒުވާން އުމުރުގައި މޫނު ރީތިކޮށް ބެހެއްޓުމަކީ ހުރިހާ އެންމެންގެ އާދައެކެވެ. ދުވަސްވާ ވަރަކަށް މޫނު މަތި އޮމާންކޮށް ބެހެއްޓުމަށްޓަކައި ފާޑުފާޑުގެ އެކި ކަހަލަ ކްރީމް މޫނުގައި ހާކައެވެ. ބައެއް ފަހަރު އެ ކްރީމްތަކުގެ ސަބަބުން މޫނުގައި ބިހި ނަގާގޮތް ވެ މޫނު ހިރުވާ ގޮތް ވެސް މެދުވެރިވެއެވެ.
މޫނު ގައި ނަގާފައި ހުންނަ ބިހިތަކާ ކުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެ ބިހިތަކަށް ފިތާ ހަދާނަމަ ބިހި މޫނުން ފިލާ އިރު ލަކުނު މޫނުގައި ހުންނާނެއެވެ. އަދި އެ ބިހީގައި އަތްލުމުގެ ސަބަބުން އަތުގައި ހުންނަ ޖަރާސީމުތައް ވަދެ ބިހި ބޮޑުވުމަށްވެސް މަގުފަހިވެދާނެއެވެ. މޫނު މަތީގައި ނަގާފައި ހުންނަ ބޮޑެތި ބިހި ތަކުން ސަލާމަތްވުމަށް ބަދިގޭގައި އާންމުކޮށް ބޭނުންކުރާ ސާމާނު ބޭނުންކުރެވިދާނެއެވެ.
އެގޮތުން ބިހި ކައިރީގައި އައިސްކިއުބެއް ކާތާލުމަކީ ބިހީގެ ރަތްކަން ކެނޑި ތަދުވުން ކެނޑޭ ކަމެކެވެ. ދުވާލަކު މަދުވެގެން ދެ ފަހަރު ބިހި ކައިރީގައި އައިސްކިއުބް ޖެއްސުމުން ބިހި އަވަހަށް ފިލައިގެން ދެއެވެ. ހަމައެއާއެކު ބޭކިން ސޯޑާ އަކީ މޫނުގެ ތެޔޮ ކަމާއި މޫނުގައި ހުންނަ މަރުވެފައި ހުރި ސެލްތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ދެ ސަމްސާގެ ބޭކިން ސޯޑާ ކޮޅެއް ފެންފޮދަކަށް އެޅުމަށްފަހު އެއްކުރުމަށް ފަހު ބިހިތައް މަތީ އެ ހާކާށެވެ. ގަވާއިދުން މިކަން ކުރާނަމަ މޫނު މަތީގައި ހުންނަ ބިހިތަކުން މީހާ ސަލާމަތް ކޮށްދެއެވެ.
ގްރީން ޓީ އަކީ ވެސް ހަންގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ސައިފަތް ޕެކެޓް ފެނަށް ލުމަށްފަހު ފޯ ކުރުމަށް ފަހު މޫނު މަތީ ހުރި ބިހިތަކުގައި ހޭކުމުން ބިހިތައް މޫނުމަތިން ފިލައިގެންދާން ގިނަ މުއްދަތެއް ނުނަގާނެއެވެ.