ދައްކަން މިއުޅެނީ ލިޔުމަށް ބޭނުން ކުރާ ހައިލަޓަރެއްގެ ވާހަކައެއް ނޫނެވެ. މިއީ މޭކަޕް ކުރާ އިރު ބޭނުން ކުރާ ހައިލައިޓަރެކެވެ. ހައިލައިޓާ އަކީ ކޮންމެ މޭކަޕް އާޓިސްޓެއްގެ މޭކަޕް ސެޓުގައި މިހާރަކަށް އައިސް އޮންނަ ހާއްސަ އެއްޗެކެވެ. ހައިލައިޓާ އަކީ އޭގައި ސިއްރެއް އެކުލެވޭ އެއްޗަކަށްވެސް ވެދާނެއެވެ. "އިޓްސް ލައިކް މެޖިކަލް" މޭކަޕް ކުރާ ފަރާތެއް ބުންޏެވެ.

މޭކަޕަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ، ހައިލައިޓާ އުނގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މޫނުމަތި އިތުރަށް ރީތި ކޮށްދިނުމާއި މޫނުމަތި ތާޒާ ކަމަށް ދައްކުވައި ދިނުމެވެ. މީގެ އިތުރުން ހައިލައިޓާ ބޭނުން ކުރުމުން ޒުވާންކަމަށްވެސް ދައްކުވައިދޭ ކަމަށް މިހާރުގެ ގިނަ މޭކަޕް އާޓިސްޓުން ފާހަގަ ކުރެއެވެ.

ތަފާތު ވައްތަރު ވައްތަރުގެ ހައިލައިޓާގެ ބާވަތްތައް ހުރެއެވެ. އޭގެ ތެރޭގައި ހައިލައިޓާ ގެ ޕައުޑާއާއި، ކްރީމާއި އަދި ހައިލައިޓާގެ ލިކުވިޑްގެ ވައްތަރު ވެސް ހުރެއެވެ. މީގެ ވެސް އެކި ބާވަތް ބާވަތް ތަކުގެ ބްރޭންޑު ތަކާއި ހައިލައިޓާގެ އެކި ކަހަލަ ކުލައިގެ ޝޭޑްސްތައް ހުންނަކަމަން މޭކަޕް އާޓިސްޓެއް ފާހަގަ ކުރެއެވެ.

ހައިލައިޓާގެ އެކި ކުލަތައް

ހައިލައިޓާ ބޭނުންކުރުމުގައި ބަލަން ޖެހޭ ފުރަރަމަ ކަމަކީ، އެމީހެއްގެ މޫނުގެ ކުލައާއި ގުޅޭ ކުލައެއްގެ ހައިލައިޓާ ބޭނުންކުރުމެވެ. ހައިލައިޓާ އާންމު ގޮތެއްގައި ބޭނުން ކުރަނީ ބުމަ ކައިރީގައި ޖެއްސުމަށާއި ނޭފަތް ކުރީގައި ޖެއްސުމަށާއި، ޗީކް ބޯން އަދި މަދުން ނަމަވެސް ތުންފަތް މަތީގައި ޖައްސާށެވެ.

މޭކަޕް ކުރުމުގައި ހައިލައިޓާ ބޭނުންކޮށްފައި

މީގެ ކުރިން ބޭރު ގައުމު ތަކުގައި މޮޑެލް ކުރާ ފަރާތްތަކުގެ މޫނުމަތިން، މި އުޖާލާކަން ދައްކުވައިދޭ ހައިލައިޓާ ބޭނުންކުރާތަން ނުފެނުނު ނަމަވެސް މިހާރު ކޮންމެ މޮޑެލްއެއްގެ މޫނުމަތިން މި އުޖާލާކަން ފެނުމަކީ ކޮންމެ ފެޝަން ޝޯއެއްގައި ވެސް ބެލުންތެރިން ހިތް ދަމައިގަންނަކަމެކެވެ. މޮޑެލް ކުރާ މީހުންގެ އިތުރުން ޕާޓީތަކަށް ދިއުމަށާއި އަދި ތަފާތު ހަފްލާތަކަށް މޭކަޕް ކޮށްއުޅޭ އިރުވެސް ހައިލަޓާ ބޭނުންކުރުން މިހާރު މިވަނީ އާންމު ކަމަކަށް ވެފައިވާކަށް ބޭރުގެ ފެޝަން މެގަޒިން ތަކުން އެނގިގެންދެއެވެ.

މޭކަޕް ކުރުމުގައި ހައިލައިޓާ ބޭނުންކޮށްފައި

ބޭރު ގައުމުގައި މިކަމަކީ އާންކަމަކަށްވާއިރު ރާއްޖެއަށްވެސް މިހާރު މޭކަޕް ކުރުމުގައި ހައިލައިޓާ ބޭނުން ކުރަން ފަށައިފިއެވެ. އިންސްޓާ ގްރާމް، އަދި ފޭސް ބުސް ޕޭޖްތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދެއެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވާއިރު، ރާއްޖޭގައި ބާއްވާ ފެޝަން ޝޯ ތަކުގައި މޮޑެލްކުރާ ފަރާތްތަކުގެ މޫނުމަތިން މި އުޖާލާކަން ފެނުމަކީ ދިވެހި ފެޝަން އިނަޑަސްޓްރީ އަށް ލިބިގެންދާ ކުރިއެރުމެކެވެ. ފެޝަން ޝޯތަކުގެ އިތުރުން ކައިވެނި ހަފްލާތަކަށާއި ޕާޓީތަކަށް ދާއިރުވެސް ހައިލައިޓާ ބޭނުން ކުރުން އާންމު ވެއްޖެއެވެ.