މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތުގައި އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރ. އުނގުރާފާއި ހއ. ދިއްދޫ އަަދި ގދ. ތިނަދޫ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ގާއިމު ކުރެވިގެންދާނެ ކަަމަށެވެ.

އަދި ހަމަ އެހެންމެ މާލެ އިސްލާމިކް ލައިބްރަރީގައި ކިޑްސް ކޯނާއަކާއި އިސްލާމިކް ބޭންކިންގްއާއި އިސްލާމިކް ފައިނޭންސް ހާއްސަ ކޯނަރެއް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަސްމީ ގަޑިތަކުގެ އިތުރުން ހަވީރާއި ދެނަމާދު ދޭތެރެއާއެކު ރޭގަނޑު 9.30 ވަންދެން އިސްލާމިކް ލައިބްރަރީ މާލެ ގައި ހުޅުވުފައި ހުންނާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްގީކުރި ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތާއެކުކަކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މި ކުތުބުހާނާގެ ސަބަބުން އިސްލާމީ އިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.