މާލެއިން ގެއްލުނުތާ ތިން ވަރަކަށް ދުވަސް ފަހުން ނުފެނިފައިވާ 15 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ނުފެނިފައިވާ މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ޒީކް ބިންތި މުހައްމަދު ރިޔާޒް، އާގިސާމަންޒިލް / ތ. ދިޔަމިގިލި (15އ) އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ހަވީރު 5 ޖަހާކަން ހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް ޒީކް އެނބުރި އައިސްފައި ނުވާތީ، ޖެހިގެން އައި ދުވަހުގެ އިރުއޮއްސި 6:17 ހާއިރު، އޭނާގެ އާއިލާއިން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޒީކްގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، ޒީކް އެންމެ ފަހުން ފެނުނު އިރު ހުރީ ކަޅު ކުލައިގެ ޝޯލަކާއި ހިތުގެ ބައްޓަން ކުރަހާފައި ހުރި ކަޅު ޓޮޕަކާއި އަޅިކުލައިގެ ޖީންސެއް ލައިގެންނެވެ.

އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.