ރަޖިސްޓްރީނުކޮށް ގިނަ އަދަދަކަށް ކާބޯތަކެތި ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ބުނީ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި 1 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަންވާނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.
އެހެންނަމަވެސް މިހާރަކަށް އައިސް އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ނުކޮށް ސޯޝަލް މީޑީއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާކަން ފާހަގަވެފައިވާ ކަމަށާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް އެފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި މިންގަޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރުކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެ އޮތޯރިޓީއިން ވަނީ ރާއްޖޭގައި މިފަދަ އުފެއްދުންތައް އުފައްދާ އަދި ތައްޔާރުކުރާ ފަރާތްތަށް ފެބްރުއަރީ 28 ގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށް އެދި، އެ މުއްދަތުގެ ފަހުން އެ ފަދަ ތަކެތި ރަޖިސްޓްރީނުކޮށް ވިއްކަމުންދާނަމަ އެ ފަރާތްތަކުގެ ނަން ހާމަކުރާނެ ކަމަށް ބުނެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އެމްއެފްޑީއޭއިން ވަނީ މިހާރަކަށް އައިސް "ގާބާ" ބްރޭންޑުގެ އުފެއްދުންތައް ރަޖިސްޓްރީނުކޮށް މާލޭގެ ފިހާރަތައް އަދި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަކޮށް އެފަދަ ތަކެތި ވިއްކާކަން އެނގޭނަމަ އެ އޮތޯރިޓީއަށް އަންގަން ބުނެފައެވެ.
ހުއްދަނެތި ކާބޯތަކެތި ހެދެނީ ކީއްވެ ވިއްކެނީ ކީއްވެ، ނުބެލެހެއްޓޭތީ ތާ؟ މިތާއުޅޭ ބަންގާޅީން ދަލުންފޯވެގެން ތިބެ ހަދާ ސަބުމެރިންއާ ފާޑުފާޑުގެ ތަކެތި ފިހާރަތަކައް ޑެލިވަރީ ކުރޭ. ބަލާނެ ބައެއްނެތީ