ކުޑަކުއްޖަކު ރޭޕްކޮށް އޮރިޔާން ކާޑު ހެދި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރަށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ތައުރީފްކުރައްވައިފިއެވެ.
ލ. ކަލައިދޫގައި ކުޑަކުއްޖަކު ރޭޕްކޮށް އޮރިޔާން ކާޑު ހެދި މައްސަލައިގައި އެރަށު މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށް ކުށް ސާބިތުވެ 40 އަހަރަށް ޖަލަށް ލާން މި މަހުގެ 18 ވަނަ ދުވަހު ހުކުމް ކޮށްފައިވާއިރު މި ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 6، 2018 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރޭގައެވެ.
އެކަމާ ގުޅިގެން ސީފީ ވަނީ މި މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވި ލ. ގަމު ޕޮލިސް ސްޓޭޝަނުގެ ސީނިއާ ސާޖެންޓު ހުސެއިން އާދިލްގެ މި ތަހުގީގުގައި ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލައިން ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުން ކުރާ މުހިންމު މަސައްކަތް އަންގައިދޭ ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އެ މައްސަލައިގައި އަނިޔާ ލިބިފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. ދައުވާގައި ބުނެފައި ވަނީ ހާދިސާ ހިނގި ތަނަށް އެ ކުއްޖާ ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ރޭޕްގެ ކުށް ސާބިތުވެފައި ވާތީ ޖިންސީ ކުށުގެ ގާނޫނު ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޝަޒްލީފް 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ހަމައެއާއެކު ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައި ވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޝަޒްލީފް 20 އަހަރަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
ޖުމްލަ 40 އަހަރަށް ޝަޒްލީފް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިރު އެ މުއްދަތުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު ކަމުގައިވާ ދެ އަހަރާއި އެއް މަހާއި 14 ދުވަސް އުނިކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި ހާދިސާ 2018 ވަނަ އަހަރު ޖެނުއަރީ މަހުގައި ހިނގާފައިވާ އިރު، އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
ތައުރީފް އޮހިގެންތޯ ފަހުގެ ރޭޕް މައްސަލަ ހިންދާނީ ތިޔަކުރާ ހިތްވަރަށް ސާބަސް
މީހެއްގެ މައްޗަށް ކުށް ސާބިތުވުމަކީ ފުލުހުންގެ އެކަނި މޮޅުކަމެއް ނޫން. ޙާއްސަކޮށް އެއީ ތަޙްޤީޤް ކުރަން ހުންނަ މީހާކަމަށް ދެކުމަކީ މީހާރުގެ ސީޕީއަށް ޕޮލިސް މަސައްމަތް ނޭގޭކަމުގެ ހެއްކެއް. ގުޅިގެން އެތައްފުލުހުން ނާއި ޑިޕާރޓްމަންޓް ސާބިތުވޭ. ޕީޖީ އާއި ޤާޟީ ވެސް މިކަމުގައި ސުކުރު ޙައްޤު…