ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޓީޓީ ހެދުމުގެ ކަންކަން ލުއިކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ވާކަމަށެވެ.
"މިއީ ދިވެހިންގެ ބޭންކް" ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޭންކުގެ އެންމެ އިސް ޒިންމާއަކަށް ވާންޖެހޭނީ ރައްޔިތުންގެ ހިތުގައި ބޭންކާ މެދު އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުންކަމަށެވެ. މި ގޮތުން ކިޔަވާ ކުދިންނަށް ބޭރަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމާއި ގުޅިގެން ގިނަ ޝަކުވާތައް އައިސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސެންޓްރަލް ބޭންކް އެމްއެމްއޭ އަދި ބޭންކް އޮފް މޯލްޑިވްސް އިން މި ކަމާ ދޭތެރޭ ވިސްނާ މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ބީއެމްއިލް އިން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭ ލެވެލުން ދަށުގެ ކިޔަވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތަށް ހަދާފައެވެ. އެމްއެމްއޭ އިން ނިންމިނިންމުމާއި ގުޅިގެން ބީއެމްއެލް އިން ގނައި މި ބަދަލާ ގުޅިގެން ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ.
އެމްއެމްއޭއިން މަޖިލީހަށް ފޮނުވި މި އަހަރަށް ލަފާކުރާ ބަޖެޓްގައި ބުނެފަވަނީ ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެ އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ބޭރު ފައިސާއިން ހުންނަ ރިޒާވަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ސަރުކާރުގެ ބޭނުންތަކަށް ދޫކުރާ ޑޮލަރު ދޫކުރުން މަދުކުރަން ޖެހިދާނޭ ކަމަށް އެމްއެމްއޭ އން ވަނީ ލަފާކޮށްފައެވެ.
މަތި މައްޗަށް 40 އަހަރު ވިޔަސް އަހަރެމެން ފައިސާކޮޅަށް އެމީހުން ހަދަނީ ވަގުންނާ ގުޅިގެން ހަދާނެއެއްޗެއް. "އިތުބާރެއް ނެތް ހަމައެކަނި ބޭންކު" މި ނަމަށް ނަން ބަދަލުކުރަން ޖެހޭ