ރައީސް މުހައްމަދު ނަޝީދު އަކީ މިހާރު ސަރުކާރުގެ ކަންތައްތަކާއި ބެހުމުގެ ހައިސިއްޔަތު އޮތް ބޭފުޅެއް ނޫންކަމަށާއި އެހެންނަމަވެސް ކަންކަން ހިނގާ ގޮތް ބައްލަވާކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ގިނަ ބަޔަކާއެކު ރޭ މާލޭގެ ރާޅުގަޑު ސަރަހައްދުގައި ބޭއްވެވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުން ވައުދުވި ކަންކަން ނުފުއްދޭ ކަމަށެވެ. އަދި އަބަދުވެސް އިވެނީ ވަރަށް އަވަހަށް ކަންކަންވާނެ ވާހަކަތަކުގެ އަޑުކަމަށާއި ފެންނަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި ވާ ތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ސަރުކާރުގެ ޝިއާރަކީ އޮލިންޕަހުގައި އަޅުވާނެ އަންނަނީ. އަންނަނީ. ދެން އަންނަނީ. މި އަންނަ ކުއާޓަރުގައި އަންނަނީ އަނެއް ކުއާޓަރުގައި އަންނަނީ. މި ފިލްމެ ނުއެއް ފެނުނު. ހަމަ އަންނަނީ އޮލިމްޕަސް ހުޅުވާ ވާހަކަ އަންނަތާ 5 އަހަރު. މިއީ ރައީސް އިބްރާހީމް ނާސިރު ހުޅުވާ ހަދާ ފައްކާކޮށްފަ ހުރިތަނެއް. ކުލަ ލާފައި އެތާގެ ބޮކި ދިއްލަން އަންނަނީ އަންނަނީ 5 އަހަރު" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ 'އަންނަނީ ލިސްޓާ' ބެހޭ ގޮތުން ވާހަކަދައްކަމުން ރައީސް ނަޝީދު ވިދާޅުވީ 1.4 ބިލިއަންގެ ދަރެނި އަރާފައިވާ އެއާޕޯޓް އަދި އޮތީ އަންނަނީގައި ކަމަށެވެ. އަދި އަމީނީ މަގު ރީތިކޮށް އޮއްވާ "އެތަން މާ ރަނގަޅަށް ހެދުމުން" މިހާރު އެތަނުގައި ތާރެއް ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތު ތަކަށް 'ޖޯކު' ޖައްސަވާފައެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީ މެމްބަރުން ބަލައިގަންނަ ސިޔާސަތެއް ނޫންކަމަށެވެ. އަދި މިއަދު އަސްލު އެމްޑީޕީ ޖަމާވެއްޖެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަން މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެ މަނިކުފާނުގެ ޓީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތައާރަފް ކުރި ޓެކްސްގެ ނިޒާމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ފައިދާ ލިބެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ތަރައްގީއަކީ ސަރުކާރުގެ ވެރިން ރުއްސައިގެން ލިބޭ އެއްޗެއް ކަމަށް ދެކޭ ބަޔަކު އެބަތިބިކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ވަނީ ތަކުރާރު ކުރައްވާފައެވެ.
ރަމަލު ދައްކާގޮތޭ އެމްޑީޕީގެ ޕްރައިމަރީގައި ކެނެރީގެ ނަޝީދަށް ކާމިޔާބުވުމޭ އަފްއާނިސްތާނުގައި އެމެރިކާ ސިފައިން ވެސް ތާލިބާނުންގެ އަތުން ފުރަތަމަ މޮޅުވިއޭ އެކަމަކު ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ދާނީ ދެވަނަ ބުރުން ޗޮކުންނޭ އޭގެ ފަހުން އަފްއާނިސްތާނުން އެމެރިކާ ސިފައިން ބޯޓް ތަކުގެ ފިޔަގަނޑުގައި އެލިގަނެގެން ފިލަން ދުވި ގޮތަށް މިސަރުކާރު ފިލާނޭ ރައްޔިތުން ފެލައިގެން ރައްޔިތުން އަތުން ޓެކްސް ނަގާ ޗާބޫކުންނޭ ތަޅަނީ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް.
ރައީސް އިބޫ ޕްރައިމަރީގައި ފެއިލް ވާނެ ކަމުގެ އަލާމާތް ތަކަކީ އެއީ 1. ވެލާނާ އެއާރޕޯރޓްގެ ތަރައްގީ އަށް ގަލެއް ވެސް ބޭއްވިފައި ނެތުން 2. ވެލާނާ އެއާރޕޯރޓް ގެ ޓާރމިނަލް ސްޓްރަކްޗަރ ނިންމާ މިސަރުކާރާއި ހަވާލު ކުރިތާ 4 އަހަރު ފުރިގެންދާއިރު ވެސް އެތަނުގެ ފުރާޅުގައި ޓިނުކޮޅު ޖަހާލާ ވަށާފާރު ރާނާ ދޮރުތައް އަރުވާ އެތަން ހުޅުވާ ނުލެވުނޭ އެކަމަކު ކުދި އާބާދީ ތަކަށް މިލިއަނުން ފައިސާ ޑަމްޕް ކުރިއިރު އެއިން ރަށަކުން އާމްދަނީގެ ގޮތުގައި ނުލިބޭ 1 ރުފިޔާވެސް ނުލިބެއޭ ރައީސް އިބޫގެ ކެބިނެޓް އެއީ ގަމާރު ބީތާ ކެބިނެޓް ތިބި ސަރުކާރެކޭ އެއީ ގަމާރުންނޭ އެއީ ބީތާއިންނޭ އެއީ ގަމާރުންނޭ އެއީ ބީތާއިންނޭ އެއީ ގަމާރުންނޭ އެއީ ބީތާއިންނޭ...