އާރްސީސީގެ ވޭނެއްގައި ބަނގުރާ އުފުލުން ބަލައި ނުގަނެވޭ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޗެއާމަން ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައި މިއަދު ހުޅުމާލޭއިން އާރްސީސީގެ ވޭނަކުން ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް އަތުލައިގެންފައިވާތީއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ ވޭންއަކާ މެދު ތުހުމަތުތަކެއް ކުރެވިގެން އެ ވޭން ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހަނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ނާޒިމް ވިދާޅުވީ އާރްސީސީ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލައަކީ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއްކޮށް ފުލުހުންގެ ތަހުގީގަށް ކުންފުނިން އެއްބާރުލުން ދޭނެ ކަމަށެވެ.
ދިވެހި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއްް އާރްސީސީ ކުންފުނިން ނުކުރާނެ ކަމަށާއި ކުރާކަށް ހިއްވަރެއްވެސް ނުދޭނެ ކަމެއް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހިނގި ގޮތް ބަލައި އެކަމުގެ ތަފުސީލުތައް ހިމެނޭ ބަޔާނެއް މިއަދުގެ ފަހުގެ ވަގުތެއްގައި ނެރުއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ތިޔަ ކުންފުންޏަކީ އެސްޓީއޯގެ މުދަލުން މުއްސަނދިކަން ހޯދި ކުންފުންޏެއް
ބަނގުރާފެނުނީ އާރުސީއެންސީ ގެ ވެހިކަލަކުން. އެހެންވީމާ ކުށްވެރިވާނީެސް ވެހިކަލް. އާރުސީއެންސީގެ ވެހިކަލްއަކަށް އެހެން ކޮންމެވެސްބަޔަކު ތިއެރުވީ. މިރާއްޖެއަކީ ފަސާދައާ، ވައްކަމާ އާއްމުކޮށް މަސްތުވާ ތަކެއްޗާއެކު ﷲސވ ހަރާމް ކުރެއްވި ލިވާޠުފަދަ ފާހިޝް އަމަލުތަކަށް ދެވޭ ޢުގޫބާތް ކުޑަކޮށް މިހާރު "ނޯމަލް"މޯޑަށް ލާފައޮތް ގައުމެއް.
ނުބެލޭނެ އެއްކަމެއްވެސް ނުވާނެ. ފޮނިއަންގަ ތަޅާނީ. ތީހަމަ އެއްގިގެން ކުރާކަމެއް ކުންފުނީގެ ބޮޑުންނަ. ޕާޓީ މީހުންނާއި އެއްމީހުންގެ ދަރިންވައްދައިގެން ކޮންކަމެއްކުރެވޭނީ. ވަޒީފާ އަށް ވެސް ވައްދަނީ ބޯމީހުން ޕާޓީގަ ސޮއިކޮފަ އޮއްނާތީ.