ހުޅުމާލެ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ޝައްކުވާ ކަށިތަކެއް ދެނިގެން ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ދެންމެ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައި ވާކަމަށެވެ. އަދި މި މައުލޫމާތު މިއަދު ހަވީރު 17:38 ހާއިރު ލިބުމާ ގުޅިގެން އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުންވެސް، ވ. އަތޮޅުގެ ވެމްޕަރު ފަޅު ބޭރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައި ވާއިރު، ފެނުނު ހަށިގަނޑަކީ ކާކުކަން އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ.