ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅަށް ވަޑައިގެންފައިވާ އިރު، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފ އަތޮޅަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ދެ ކެންޑިޑޭޓުންވެސް ފޯރި ގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން "ކުރިއަށް" ނަމުގައި ރައީސް ސޯލިހު ކުރައްވަމުންގެންދާ ކެމްޕެއިން ހަރަކާތުގައި އިއްޔެ ރ އަތޮޅުގެ މާކުރަތު، އިންނަމާދޫ އަދި މީދޫއަށް ވަޑައިގެންފައިވާއިރު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ބޮޑު ތިލަދުންމައްޗަށް މިދިޔަ ޑިސެންބަރު މަހު ވަޑައިގެންފައެވެ. އެއަށްފަހު ފުވައްމުލަކު ސިޓީއަށާއި އއ އަދި އދ ގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
މިހާރު ރައީސް ސޯލިހު ނ ކެނދިކުޅުދޫއަށް ވަޑައިގެންފައިވާއިރު އެ އަތޮޅު މަނަދޫ އަދި ވެލިދޫއަށް މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް ނަޝީދު މިއަދު ގެންދަވަނީ ފ އަދި ދ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.
ރައީސް ނަޝީދުގެ ކުރިއަށް އޮތް ކެމްޕެއިން ހަރަކާތްތަކަށް ބަލާއިރު މި މަހުގެ 9 އިން 11 އަށް ނ، ރ އަދި ބ އަށް ވަޑައިގަންނަވާއިރު މި މަހުގެ 13 އިން 15 ގައި މ، ވ، ތ އަދި ފ އަށް ވަޑައިގަންނަވާނެއެވެ. އަދި 17 ވަނަ ދުވަހު ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާއިރު 19 އިން 21 އަށް ވަޑައިގަންނަވާނީ ގއ އަދި ގދ އަށެވެ.
މީގެ އިތުރުން މި މަހުގެ 23 އަދި 24 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނާވެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތުދެއްވައެވެ.
ކުރިން ނުކޮށްދެވޭ ވަރަށް މަސައްކަތް ކޮށްދެވުނު ނަމަ ދެން ކިއެއްވެތޭ ވިލިމާލެ ބްރިޖް ނުނިމި އޮތީ ޔަގީނުން ވެސް މިސަރުކާރުން ބުނި ވިއްޔާ މިއަހަރު ޖެނުއަރީ މަހަށް އޮންނާނީ ތިލަމާލެ ބްރިޖް ނިމިފައޭ އެކަމަކު އަދި އެންމެ ތަނބެއްވެސް ނެތޭ ޖެހިފައި އިންޑިއާގެ އެފްކޮންސް އިން ޖަހާ ތަނބު ތަނބު ޖަހާ ނިންމާ އަނެއް ދުވަހު އެނބުރި އަންނަ އިރު ތަނބު އޮންނަނީ ވެއްޓިފައޭ މީ ޔަގީނުން ވެސް ރައީސް އިބޫ އަށް ކުރިން ކުރި ވެރިއަކު ކޮށް ދިން ގަދަ ކަމެއް ނުކޮށްދެވި އޮތް
ރައީސް އިބޫ އަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އެމްޑީޕީ އަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އަދި ކެނެެރީގެ ނަޝީދަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ބްރިޖް އަޅާ ނުދެވުނު ރައީސަކަށް ހުރީ ހަމައެކަނި ރައީސް އިބޫއޭ ރައީސް އިބޫގެ ވެރިކަމުގައި އެންމެ ރައްޔިތަކު ބާކީ ނުކުރުމުން ދޯ މާލެ ސަރަހައްދުން ގޯއްޗަށް އެދި 80 ހާސް މީހުން ފޯރމް ލާފައި އޮތްވާ އެއަށް އެއްވެސް ޖަވާބެއް ނުދީ ވާނުވާގައި އެކަން އޮތީ މިސަރުކާރު ކީއްތޭ ކުރަނީ މިސަރުކާރު އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އެމްޑީޕީ ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ކެނެެރީގެ ނަޝީދު ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއްނޫނޭ މިފަހަރު ޗޮއިސް އަކަށް ހަދަންވީ އުމަރު ނަސީރޭ...