ހުޅުމާލޭގައި ސައިކަލެއްގައި ބަނގުރާ ހިފައިގެން ދިޔަ ދެމީހުން ފުލުހުންނަށް ފިލަން އުޅެނިކޮށް އެކްސިޑެންޓް ވުމުން އެމީހުން ފިލައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިންގާފައި ވަނީ މިއަދު ހަވީރު 5:21 ހާއިރު ކަމަށެވެ. ހުޅުމާލެ ނިރޮޅުމަގު 13 ނަންބަރު ގޯޅިން ސައިކަލެއްގައި ދިޔަ ދެމީހުންނަށް މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލު ބާރަށް ދުއްވާލި ވަގުތު އެ ސަރަހއްދުގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސައިކަލުގައި އެމީހުން ދިޔައީ 2 ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓް ވުމުން ސައިކަލުގައި ތިބި ދެމީހުން ވަނީ ފިލައިގެން ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.