ރައީސް ޔާމީންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމުގެ ކުރިން އިއްވި ނުކުތާތަކާއި ލިޔެފައި އޮތް ނުކުތާތައް މުޅިން ތަފާތު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގް އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލާން ހުކުމް ކުރުމާއި އެކީ ވަކީލުންގެ ޓީމުން ވަނީ އެހުކުމް ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
ސިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ދައުލަތުން ދައުވާއެއް ކުރީތީ އެ ދައުވާއަށް ހެކި ނުދެއްކުނަސް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ގާނޫނެއްގައި ލިޔެގެން އުޅުން ފަދަ ހުކުމެއް ކަމަށެވެ.
އެ ހުކުމް ކުރުމުގެ ކުރިން އިއްވި ނުކުތާތަކާ ލިޔެފައިއޮތް ނުކުާތައް މުޅިން ތަފާތު ކަމަށާއި ލިޔެފައި ހުރި ނުުކުތާތަކަކީ ދައުލަތުން ހުލާސާ ބަޔާނުގައި ލިޔެފައިހުރި ބުހުތާނު ދޮގު ކަމަށްވާތީ ރައްޔިތުންނަށް އަޑުއިވޭ ވަރަށް ކިޔާން ނުކެރުނީ ކަމަށް ބެލެވޭ ކަމަށް ސިޔާޒު ވިދާޅުވިއެވެ.
އެހެން ކަމުން މިހާރު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާއަށް ފޯމު ހުށަހެޅުމަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިޔާޒް ވިދާޅުވިއެވެ.