ފެނަކައިން ސްމާޓް މީޓަރުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ފެނަކައިން ބުނީ، އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރަން ފަށައި މިއަދު ސްމާޓް މީޓަރު ރަސްމީކޮަށް އިފްތިތާހް ކޮށްފައިވާ ކަމަށެވެ.
ފެނަކައިން މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމުން އާންމު ފަރާތްތަކަށް ލިބޭނެ ފައިދާ ތަކުގެ ތެރޭގައި ސްމާޓް މީޓަރު ހަރުކުރުމުން ރީޑިން ރިއަލް ޓައިމްކޮށް އޮޓޮމޭޓް ވެގެން ދިއުމާއި ހިއުމަން އެރާ (އިންސާނުންނަށް ހެދޭ ގޯސް) އެރުން ނިމުމަކަށް އަންނާނެއެވެ.
އަދި މި ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ބޭނުންވެއްޖެ ނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެ ދުވަހެއްގެ ރީޑިން ބަލާލެވޭނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އަދި ސިސްޓަމް އިން ބިލް ދައްކާ އިރު ތިމާގެ ބިލަށް އެދި ޔުނިޓްގެ އަދަދު ދެނެގަތުމަށް ވެސް މަގުފަހިވާނެ ކަމަށް ފެނަކައިން ބުނެއެވެ.
މިއަދު ފެށި މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.