ގއ. ނިލަންދޫ އާއި މާމެންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ އާއި އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

ނިލަންދޫ އާއި މާމެންދޫގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއަކީ، މީގެ 22 އަހަރު ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއެކެވެ. އަދި އިންޖީނުގެ ހުރީ އެ ދެ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވުމާއެކު އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

އެގޮތުން އިންޖީނު ގެތައް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލުކޮށް އިންޖީނުގެ ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ނިލަންދޫ އާއި މާމެންދޫގައި އާ އިންޖީނުގެއެއް ގާއިމް ކޮށްފައެވެ. ނިލަންދޫގައި ހުޅުވި އިންޖީނުގެއަކީ ބޮޑު މިނުގައި 179 ސްކެއާ މީޓަރު ހުންނަ، އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ބޮޑު އިންޖީނު ގެއެކެވެ. ހަމައެއާއެކު އާ އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ ތިން ޖެންސެޓް ބަހައްޓައި ހިދުމަތްދެވޭނެ ގޮތަށް ކަމަށާއި މިހާރުގެ ކެޕޭސިޓީއަކީ 1050 ކިލޯވޮޓް ކަމަށް ފެނަކައިން ބުނެއެވެ.

މާމެންދޫގައި ހުޅުވި އިންޖީނުގެއަކީ ބޮޑު މިނުގައި 179 ސްކެއާ މީޓަރު ހުންނަ، އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ބޮޑު އިންޖީނު ގެއެކެވެ. ހަމައެއާއެކު އާ އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 600 ކިލޯވޮޓް ގެ ތިން ޖެންސެޓާއި 800 ކިލޯވޮޓްގެ އެއް ޖިންސެޓް ބަހައްޓައި ހިދުމަތްދެވޭނެ ގޮތަށް ކަމަށާއި މިހާރުގެ ކެޕޭސިޓީއަކީ 1400 ކިލޯވޮޓް ކަމަށް ފެނަކައިން ބުނެއެވެ.

އަލަށް ހުޅުވި މި އިންޖީނު ގެތަކުގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކް ޝޮޕަކާއި ސތޯޜެއްގެ އިތުރުން ޕޭންޓްރީއަކާއި، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް އަދި ޑީސަން ޓޭންކް ހިމެނެއެެވެ. އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި ، މެނޭޖާ ރޫމަކާއި، ރިސެޕްޝަން އެން ލޮބީ އޭރީއާ އާއި ޖެނެރަލް އޮފީސްގެ އިތުރުން ސްޓޯ ރޫމަކާއި ޕޭންޓްރީއަކާއި، ޓެކްނިކަލް ސްޓާފް ރޫމަކާއި ފާހާާނާ ވެސް ހިމެނެއެވެ.

މި އިންޖީނުގެތައް މިއަދު ހުޅުވައިދެއްވާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު ގައެވެ.