ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެލޭޝިއާ އެމްބަސީގައި އިސް މަގާމެއް ފުރުއްވި އެ ޕާޓީގެ މެންބަރު އައްބާސް އާދިލް ރިޒާގެ ޓްވިޓާއިން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދޭ ގޮތަށް ކޮށްފައި ވާ ޓްވީޓްގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވައިފިއެވެ.
އައްބާސް އާދިލް ރިޒާގެ އެކައުންޓުން ކުރި ޓްވީޓެއްގައި އިންޑިއާއައުޓް ހޭޝްޓެގައެކު ބުނެފައި ވަނީ "ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ" މިހެންނެވެ.
އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.
މިކަމާ ގުޅިގެން މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓެރަރިޒަމްގެ އަމަލުތަކާ މެދު ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތާ އެއްގޮތް ވާ ގޮތުގެ މަތިން އެކަން ބައްލަވާނެ ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް ގައުމު ކަމަށެވެ. އަދި ދިވެހިންގެ ތަރައްގީއަށް ހުރަސްއަޅަން ކުރާ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.
އައްބާސްގެ ޓްވީޓާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް ވަނީ އެކަން ކުށްވެރިކޮށް، އިންޑިއާ އެމްބަސީ ރޯކޮށްލަން ގޮވި މައްސަލަ އިދާރާތަކުން ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.
އެމްއާރްއެމްގެ އިތުރުން އެމްޑީޕީ އާއި ޖޭޕީ އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމްޑީޕީއިން ވަނީ އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ތަކުރާރުކޮށް ކުރަމުންދާ ކަންކަން ކުށްވެރިކޮށް، ހުޅުޖަހަން ގޮވި މައްސަލަ ތަހުގީގު ކުރަން ގޮވާލާފައެވެ.
އަދާލަތު ޕާޓީއިންވެސް ވަނީ އެކަން ކުށްވެެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މީގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަަވަށްޓެރި އަދި ކޮންމެ ވަގުތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އެމްޓީޑީ އިން ފާހަގަ ކުރެއެވެ.
މާރިއާ ތަޅާނެ ކުދިންކޮޅެއްގެ މައްސަލަ ބަލާނީ ކޮން އިރަކު
ކަލޭގެ ކުރީގެ ފިރިހާމާ އެފްޕީއައިޑީ ދަވާލައިގެން ލިބުނު ލާރިން ކަލޭ ކިޔަވަން ބޭރަށް ދިޔަ މައްސަލަ ފުރަތަމަ ބަލާ. އޭގެ ތިޔަމައްސަލަ ބަލަންފަށާ އޭރުން އެއްބާރުލުން ދޭނަން. އަދި ކަލޭ ފޮރުވާގެން ގެންގުޅޭ ހުރިހާ އެއްބަސްވުމަށް މަޖިލިސްގައި ތިއްބަވާ ދިވެހިންގެ އިންތިހާބުކޮށްފައިވާ އިއްޒަތްތެރި އޭ އަމިއްލައަށް ކިޔައިގެން ތިބޭ މެމްބަރުންނާއި ހިއްސާކުރައްވާ. ހިއްސާކުރާނީކީ ޕްރެޒެންޓޭޝަނުގެ ގޮތަކު ނޫން. އެގްރީމަންޓްތައް ހުރިގޮތައް. އޭގެ ފަހުން ތިޔަ އަގަމާރިއާ ކުރޭ