ސިޔާސީ ޕާޓީތަކަށް ސަޕޯޓު ކުރާ މީހުން އުޅޭ ގޮތަށް އެކިއެކި ކުޅިވަރާއި ފްޓްބޯޅަ އަށް ސަޕޯޓް ކުރާ އެތަައްހާސް ބަޔަކު އުޅެއެވެ. އެއްގެއެއްގެ ތެރޭގައި ވެސް އެތައް ޓީމަކަށާއި އެތައް ކުޅުންތެރިންނަކަށް ސަޕޯޓު ކުރާ މީހުން އުޅެއެވެ. އެއް އާއިލާއެއްގެ ތެރޭގައި ވެސް އަދި ރަހުމަތްތެރިންގެ އިތުރުން 2 ޓީމަކަށް ސަޕޯޓު ކުރާ ދެމަފިރިންވެސް ބައިވަރެވެ.

އިންޑިއާގެ ދެކުނުގެ ކެރަލާއަށް ނިސްބަތްވާ ސަޗިން އާއި އާތިރާ އަކީ ގަތަރުގައި ނިމިދިޔަ ވޯލްޑްކަޕްެގެ ފައިނަލް މެޗް ކުޅުމުގެ 1 ދުވަސް ކުރިއާ ހަމައަަށް ދެ ލޯބިވެރިންނެވެ. ދެ މީހުންް ސަޕޯޓް ކުރަނީ ދެޓީމަކަށެވެ. ސަޗިންގެ ޓީމަކީ އާޖެންޓީނާ ކަމަށް ވާއިރު އާތިރާގެ ޓީމަކީ ފްރާންސެވެ.

ފައިނަލް މެޗަށް މި ޖޯޑް ކައިވެނި ކުރީވެސް ތަފާތު ގޮތަކަށެވެ. ސަޗިން އިނީ ކައިވެނި ހެދުމުގެ މަތިން މޭސީގެ 10 ނަންބަރު ޖެހި އާޖެންޓީނާ ޖޯޒީއެއް ލައިިގެންނެވެ. އާތިރާ އިނީ ކައިވެނި ހެދުމުގެ މަތިން ފްރާންސްގެ އެމްބާޕޭގެ 10 ނަންބަރު ޖަހާފައި އޮތް ޖޯޒީއެއް ލައިިގެންނެވެ.

ހެވި ދިލިފައި ތިބި މި ޖޯޑު ބުނަނީ، ދެ މީހުން 2 ޓީމަކަށް ސަޕޯޓް ކުރިއަސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ލޯބި ވަނީ ގަދަ ކަމަށެވެ. އަދި ކައިވެންޏަށް އާއިލާއިން ފުރިހަމަ އެއްބާރުލުން ދިން ކަމަށާއި ކައިވެނި ހެދުމުގެ މަތިން ލާ ޖޯޒީ ފަހައިދިނީވެސް ދެފަރާތުގެ އާއިލާއިން ކަމަށެވެ.

މި ދެމީހުން ކޮއްޗީގައި ކައިވެނި "ކިކްއޮފް" ކޮށްގެން ފައިނަލްމެޗްގެ "ކިކްއޮފް" އަށް އައީ ކެރަލާއަށެވެ. މެޗުގެ ތަށި އާޖެންޓީނާ ނެގި ފަހުން ދެން ވީގޮތެއްގެ މައުލޫމަތެއް އަދި ނެތެވެ.