ނ. ފޮއްދޫ، ގއ. ކޮނޑޭ، މ.ރަތްމަންދޫ އަދިިި ދ. މީދޫގައި ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ރައްޔިތުންނަށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ރަށްރަށުގައި އާ އިންޖީނުގެ އަޅައިދީ އެ ހިދުމަތް ދޭން ފަށާފައި ވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ފެނަކައިން ބުނީ، މި ހަތަރު ރަށުގެ ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެ 07:30ގައި ކަމަށެވެ. އަދި މުޅިން އާ އިންޖީނު ގެއަކުން މިހާރު ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ފޮއްދޫގައި ބޭނުން ކުރަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 38 އަހަރުވެފައިވާ ތަނެއް ކަމަށް ފެނަކައިން ބުނެއެވެ، މީގެ އިތުރުން ކޮނޑޭ އިންޖީނު ގެއަކީ 21 އަހަރު، ރަތްމަންދޫ އިންޖީނު ގެއަށް 24 އަހަރު އަދި މީދޫ އިންޖީނުގެ ގެއަށް 18 އަހަރުވެފައިވާ ކަމަށް ފެނައިން ވަނީ ބުނެފައެވެ.
އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. ހަމައެއާއެކު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.