ޓްވިޓާގެ މިހާރުގެ ވެރިޔާ އަދި ބިލިއަނަރު އެލޮން މަސްކް ދަތުރުކުރި ޕްރައިވެޓް ޖެޓް ރިއަލް ޓައިމް ކޮށް (ވަގުތުން) ބަލައި ލޮކޭޝަންތައް ހާމަ ކުރި ނޫސްވެރިންގެ ޓްވިޓާ އެކައުންޓްތަކެއް ބްލޮކް ކުރުމުން އދ އާއި އީޔޫ އިން މަސްކް ދެކެ ރުޅި އައިސްފިއެވެ.
ޓްވިޓާ އިން ބްކޮލް ކުރި ނޫސްވެރިންގެ ތެރޭގައި ނިއުޔޯކް ޓައިމްސް އާއި ސީއެންއެން އާއި ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިން ހިމެނެއެވެ.
މި މައްސަލައިގައި އދ އިން ބުނީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ "ކުޅޭ އެއްޗެއް" ނޫން ކަމަށާއި މިިނިވަން ނޫސްވެރިކަމަކީ ދޮގުމައުލޫމާތު ހާމަކޮށް ޒިންމާދާރު ކަމާއެކު ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތް ކަމަށާއި ޑިމޮކްެޓިކް މުޖުތަމުތަކުގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އީޔޫއިން ދިނީ ޓްވިޓާ އާ ދެކޮޅަށް ދަތިރކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެވެ.
އީޔޫގެ ކޮމިޝަނާ ވެރާ ޖެރޯވާ މަސްކް އަށް އިންޒާރު ދެއްވާ ވިދާޅުވީ، ޔޫރަޕްގެ އާ ޑިޖިޓަލް ސާވިސް އެކްޓްގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި މަސްކް ރަތް ރޮނގު ހުރަސް ކޮށްފި ކަމަށެވެ.
އދ އާއި އީޔޫގެ ބަސްމަގާ ގުޅޭ ގޮތުން ކޮމެންޓް ނުކުރި ނަމަވެސް މަސްކް ބުނެފައި ވަނީ، މުޅި ދުވާލު ހަތަރު ދަމު އޭނާ އަށް ކްރިޓިސައިޒް (ފާޑު ކިޔުން) ކޮށް ހެދިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ އާއިލާއަށް ނުރައްކާ ވުން ބަލައިނުގަންނާނެ ކަމަށެވެ.
މިއާއެކު މަސްކް ވަނީ ބްކޮކް ކުރި އެކައުންޓުތައް ވަގުތުން ރީއެކްޓިވޭޓް ކުރަން ވީ ތޯ ނުވަތަ 7 ދުވަހަށް މަޑުކުރަން ވީ ތޯ އަހާ ޕޮލް އެއް ހަދާފައެވެ. މި ޕޮލްގެ ނަތީޖާ އަދި އާންމެއް ނުކުރެއެވެ.
މަސްކް 44 ބިލިއަން ޓްވިޓާ ގައުމުންވެސް އެތައް ބައެއްގެ ފާޑުކިޔުން މަސްކަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ހިޔާލުފާލުކުރުމުގެ މިނިވަން ކަމަށް މަސްކް ހުރަސް އަޅާނެ ކަމަށާއި، ކުރިން ޓްވިޓާއިން ބޭން ކުރި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަދަ ބޭފުޅުންނަށް ފުރުސަތު ދޭނެ ކަމަށް ވެސް ފާޑުކިޔާ ފަރާތަތަކުން ބުނަމުން ދިޔައެވެ. މިހާރު ޓްރަމްޕްގެ އެކައުންޓް ވަނީ އަލުން ރީއެކްޓިޥޭޓް ވެސް ކޮށްފައެވެ.