ބަރަހަނާ މަންޒަރުތަކާއި ފޮޓޯ ހިމެނޭ ޕޮނޮގްރަފީ ސައިޓް ތަކާއި ޖުވާ އަށް ހިއްވަރުދޭ ސައިޓްތައް ބްލޮކް ކުރުމުގެ ސިޔާސަތުގެ ދަށުން، މަސްކުގެ x.com އިންޑޮނީޝިއާގައި ބްލޮކް ކޮށްފިއެވެ.

އިންޑޮނީޝިއާގެ އިދާރާތަކުން ބުނީ، މަސްކް އެކްސް ނެގި ބޭނުން ސާފުވާނަ ޖެހޭ ކަމަށާއި މީގެ ކުރިން އެކްސް ހިމެނެނީ ބަރަހަނާ ސައިޓްތަކުގެ ލިސްޓުގައި ކަމަށެވެ.

އާންމުކޮށް އެކްސް ނޫނީ އެބާވަތުގެ އެކުރުތައް ހިމަނާ ހަދާފައި ހުންނަނީ ޕޮނޮގްރަފީ ސައިތްޓަކެވެ. ދުނިޔޭގެ ބައެއް ގައުމުތައް ފަދައިން އިންޑޮނީޝިއާ އަކީ ބަރަހަނާ ސައިޓްތަކާއި ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކޮށްފައި އޮން މުސްލިން ގައުމެކެވެ.

އިންޓަނެޓް ދޭ ކުންފުނިތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭތީ ރާއްޖެ ކަހަލަ މުސްލިމް ބައެއް ގައުމުތަކުގައި ބަރަހަނާ ސައިޓްތައް އިމެއް ނެތި ދޫކޮށްލައި އޮތަސް މުސްލިމް ނޫން ބައެއް ގައުމުތަކުގައިވެސް ޕޮނޮގްރަފީ އަކީ އާންމުކޮށް ފެންނަން ހުންނަ އެއްޗެއް ނޫނެވެ.

އިންޑޮނީޝިއާގެ ކޮމިއުނިކެޝަން މިނިސްޓަރު އުސްމާން ކަންސޮންގް ވިދާޅުވީ، އެކްސް ގެ ބޭނުމާއި ބެހޭގޮތުން އެ ކުންފުންޏާ މިހާރު ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެގޮތުން ޓްވިޓާގެ މަންދޫބަކާ ވާހަކަ ދައްކާފައި ވާ ކަމަށާއި އެކްސް ގެ ބޭނުމާ ބެހޭ ގޮތުން ޓްވިޓާ އިން ރަސްމީ ސިޓީއެއް ފޮނުވާނެ ކަމަށް މަންދޫބު ބުނެފައި ވާ ކަމަށެވެ.

އެކްސް އަކީ ޓްވިޓާ ރީބްރޭންޑް ކޮށް އެ ކުންފުނި ގަތް ބިލިއަނަރު އިހަށް ދުވަހު ލޯންޗް ކުރި އާ ޑޮމއިން އެވެ.

އިންޑޮނީޝިއާ އިން އެކްސް ބްލޮކް ކުރުމުން 270 މިލިއަން އާބާދީގެ ތެރެއިން ޓްވިޓާގައި އުޅޭ 24 މިލިއަން މީހުން [ޔޫޒާސް] އަށް މިހާރު އެ ސައިޓަކަށް ނުވަދެވޭނެއެވެ.

ޓްވިޓާގެ ޒަމާންވީ ނޫ ބާޑް [ދޫނި] ދޫކޮށްލައި ކަޅު ބެކްގްރައުންޑެއްގައި އޮންނަ ހުދު ކުލައިގެ އެކްސް އެއް ބޭނުން ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

ޓްވިޓާ ރީބްރޭންޑް ކުރުމުގެ ބޭނުމަކީ، ހަމައެކަނި ޓްވީޓް ތަކަށް އޮންނަ ޕްލެޓްފޯމެއްގެ ބަދަލުގައި ޗައިނާގައި މަޝްހޫރު ވީޗެޓް ފަދައިން، ޕޭމަންޓް [ފައިސާގެ މުއާމަލާތްތައް] ހިންގުމުގެ ހިދުމަތާއި އެނޫންވެސް އިންޓަނެޓްގެ ފަސޭހަތައް ލިބޭ އެވްރީތިންގް އެޕް [ހުރިހާ ހިދުމަތެއް ލިބޭ އެޕެއް] އަކަށް އެ ޕްލެޓްފޯމް ބަދަލު ކުރުމެވެ.

އިންޑޮނީޝިއާ އިން ވަނީ މީގެ ކުރިން ނެޓްފްލިކްސް އާއި ގޫގްލް، ފޭސްބްކް، އިންސްޓަގްރާމް އަދި ޓްވިޓާ ފަދަ ފްލެޓްފޯމްތަކުން ފެންނާނެ ކޮންޓެންޓާ ގުޅޭ ތަފްސީލީ ލިޔުމެއް ހުށަނާޅާނަމަ އެ ސައިޓްތައްވެސް ބްލޮކްކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު އެ ސައިޓްތަކުން ވަނީ ދިން މުހުލަތުގައި، އެގައުމަށް ފެންނާނެ ކޮންޓެންޓަކީ ކޮބައިކަން ބަޔާން ކޮށް ސިޓީ ހުށަހަޅާފައެވެ.

2016 ގައި ނެޓްފްލިކްސް ލޯންޗް ކުރިތާ ކައިރީގައި އިންޑޮނީޝިއާގައި އެ ސައިޓް ބްލޮކް ކުރިއެވެ. އޭރު އެކަން ކުރީ މުޖުތަމައާ ނުގުޅޭ މަންޒަރާއި އަޑު އެ ޗެނަލުން ދައްކާ ކަމަށް ބުނެއެވެ. އަދި 2020 ގެ މެދުތެރެއާ ހަމައަށް ނެޓްފްލިކްސް އޮތީ ބްލޮކް ކޮށްފައެވެ. އޭގެ ފަހުން ޒުވާނުންގެ މެދުގައި މަގުބޫލު ވި ޓިކްޓޮކްގެ ބައެއް ފީޗާތައްވެސް އިންޑޮނީޝިއާގައި ވަނީ ބްލޮކް ކޮށްފައެވެ.