ޓެކްނޮލޮޖީ ދާއިރާގެ އެންމެ މުއްސަނދި ދެ ބިލިއަނަރުން ކަމަށް ވާ އެލޮން މަސްކްގެ ދައުވަތު ގަބޫލުކޮށް ކޭޖް ފައިޓަކަށް ފޭސްބްކްގެ ބާނީ މާކް ޒަކަބާގް އެއްބަސްވެއްޖެއެވެ.
މަސްކް އޭނާގެ ޓްވިޓާ ޕްލްޓްފޯމްގައި "ޒަކަބާގް އާ އެކު ތެޅުމަކަށް ތައްޔާރު" ކަމަށް ޖަހާ ކުރި ޕޯސްޓްގެ ސްކްރީންޝޮޓެއް ހަދާ ޒަކަބާގް ވަނީ ކޮންތާކުތޯ އަހާފައެވެ. އޭގެ ޖަވާބުގައި މަސްކް ބުނެފައި ވަނީ ވޭގަސް އޮކްޓަގަންގައެވެ. ވޭގަސް އޮކްޓަގަން އަކީ، ދުނިޔޭގެ މަޝްހޫރު ކޭޖް ފައިޓް، އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫޓީއެފް) މުބާރާތްތައް ބާއްވާ ރިންގެވެ.
މަސްކް އިތުރަށް ބުނެފައި ވަނީ، އޭނާ އަކީ އެއްވެސް ވަރަކަށް ވޯކްއައުޓް [ކަސްތަރު] ކުރާ މީހެއް ނޫންކަމަށާއި ކުރާހާވެސް ކަމަކީ ދަރިންކޮޅު އުރާ މައްޗަށް އުކުން ކަމަށެވެ. އަދި 'ދަ ވަލްރަސް' ގެ ނަމުން އޭނާ ނަންދީފައި ވާ މޮޅު ހަރަކާތަކީ އިދިކޮޅު ކުޅުންތެރިޔާ ވައްޓާލައި އެއްވެސް ހަރަކާތެއް ނުކޮށް އޭނާގެ ގައިމަތީގައި އޮތުން ކަމަށް ބުނެފައެވެ.
އުމުރުން 52 އަހަރުގެ މަސްކް އާ ހިލާފަށް ޒަކަބާގް ދަނީ ތަފާތު އެކި ޓްރެއިނިންތައް ހަދަމުންނެވެ. އެގޮތުން އޭނާ ވަނީ ދާދި ފަހުން މިކްސްޑް މާޝަލް ޓްރެއިނިން ހަދާ ޖިއޫ-ޖިޓްސޫ މުބާރާތުގައި ބައިވެރިވެ މޮޅުވެސް ވެފައެވެ. ޒަކަބާގް ގެ އުމުރަކީ 39 އަހަރެވެ.
މި ވާހަކަ އާ އެކު ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ވައިރަލްވެފައި ވާ އިރު އެތައްބަޔަކު ދަނީ މޮޅުވާނީ ކާކުތޯ އަހާ ސުވާލު އުފައްދަމުންނެވެ.
ބައެއް ހަބަރުތައް ބުނާގޮތުން މި ދެމީހުންގެ ތެޅުމަށް ރިންގް [ޕްލެޓްފޯމް] މިހާރު ދަނީ ތައްޔާރު ކުރަމުންނެވެ.