ހިޕޮޕޮޓަމަސް ނުވަތަ ކަނޑުގެރިއަކީ އާންމުކޮށް މީހުން ކައި އުޅޭ ޖަނަވާރެއް ނޫނެވެ. ނަމަވެސް ޔޫގެންޑާގައި ހިނގި ހާދިސާއެއްގައި ކަނޑުގެރި ކޯރު ތެރެއިން އަރާ އުމުރުން ދެ އަހަރުގެ ކުއްޖަކު ކާލަން އުޅެފިއެވެ.

ޔުގަންޑާގައި ހިނގި މި ހާދިސާގައި އުމުރުން ދެ އަހަރުގެ އިގާ ޕައުލް އުޅުނީ އޭނާގެ ގެ ކުރިމަތިން އޮންނަ ބޮޑު ލޭކް (ފެން ކޯރުގައި) ކުޅޭށެވެ. މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ހިޕޯ އެ ކުއްޖާއަށް ހަމަލާ ދީ ދެބައި ކުޅަ އެއްބައި އަނގަތެރެއަށް ލިޔެެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން ހިޕޯ ގަޔަށް ގާ އުކަން ފެށުމުން ހިޕޯ އޯކާ ދެމި ކުއްޖާ ދޫކޮށްލައި ފީނާގަތް ކަމަށް ބުނެއެވެ.

އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ހައިރާން ކަމެއް ލިބުނީ ކުއްޖާ ކޯރުން ނެގިއިރު މަރުނުވެ އޮތުމުންނެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ތިބި މީހުން ހިޕޯގެ އަތްދޮށުން ކުއްޖާ ސަލާމަތް ކޮށް ވަގުތުން ވަނީ އެތާ ކައިރީ ހުރި ބްވޭރާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

ރޭބީސް އިންޖަކްޝަން ދިނުމަށް ޑަކްޓަރުން އެކުއްޖާގެ ބެލެނިވެރިންނަށް އެންގި ކަމަށާއި ފަރުވާ އަށް ފަހު ކުއްޖާ ހަމައަކަށް އެޅިލިމުން ކުއްޖާ އަށް ރޭބީސް އިންޖަކްޝަން ވެސް ދިން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިއީ ފެން ކޯރެއްގެ ތެރެއިން މި ގޮތަށް ހިޕޯއެއް އަރާ މީހަކަށް ހަމަލާދިން ފުރަތަމަ ފަހަރު ނަމަވެސް އެފްރިކާ ބައްރުގައި ހިޕޯގެ ހަމަލާތަކުގައި އަހަރެއްގެ މައްޗަށް 500 އެއްހާ މީހުން މަރުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިސަރުން ބުނާ ގޮތުން، ހިޕޯއަށް އިންސާނުންވެސް ފެންނާނީ ނުރައްކަލެއްގެ ގޮތުގައި ކަމަށާއި، އެ ސޮރުމެންނާ ކުޅެ ހަދާ ނަމަ ރުޅިވެރިކަމާއެކު ހަމަލާ ދިނުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ހިޕޯ އަކީ އެއްގަމުގައި އުޅޭ 3 ވަނަ އަށް އެންމެ ބިޔަ ޖަނަވާރެވެ. އެ ސޮރުމެންގެ ދަތެއް 20 އިންޗިއަށް ދިގުވާ އިރު، ބަރުދަނުގައި 1500 ކިލޯ ހުއްޓަސް ގަޑިއަކު 30 ކިލޯމީޓަރުގެ ބާރު މިމުގައި ދުވެ ހަދައެވެ.