ގުޅިފަޅުގައި ހުންނަ އެފްކޮންސް ގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ގުޅިފަޅުގައި އެފްކޮންސްގެ އިތުރު އެކޮމޮޑޭޝަންތަކެއް ހުރިއިރު އެ ތަންތަނުގެ އިތުރުން އެޗްޑީސީގެ އެހީއާއެކު ގުޅިފަޅުން ވެސް އިތުރު އެކޮމޮޑޭޝަންތެކެއް ވަނީ ހަމަޖައްސާފައެވެ.

ފުލުހުން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 12:36 ހާއިރު ކަމަށެވެ. އެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާ ލިބުނުނ 76 މީހަކަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނާއިރު، އޭގެތެރެއިން 63 މީހަކަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި 13 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.

އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާވެފައި ލިބި ފަރުވާދެމުން އަންނައިރު އެ އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނު އިރު މިއީ މާލެ އާއި ވިލިމާލެ ގުޅާ އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ މީހުންނެވެ.

ރޭ ހިނގި މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު، ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން އަލިފާން ނިއްވަން ވަނީ މަސައްކަޔް ކޮށްފައެވެ. ދަންވަރު 12:30 ހާ އިރު ރޯވި އަލިފާންގަޑު ނިއްވާލެވުނީ ދަންވަރު 2 ޖަހަނިކޮށެވެ.