ދޯންޏެއްގެ ބުރަފަތީގައި ޖެހި، ދިވެހި މަސްވެރިއަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ޒަހަމްވެފައި ވަނީ ގއ. ކަނޑުހުޅުދޫ، ދިލާސާގެ، މުހައްމަދު ޝަފީގެވެ.

މި ހާދިސާ ހިނގާފައި ވަނީ ކަނޑުހުޅުދޫ "ގެލެރީ" ނަމަކަށް ކިޔާ މަސްދޯނީގެ ބުރަފަތީގައި ވާގަޑެއް އޮޅިގެން އެ ނައްޓަށް އުޅުމުގެ ތެރޭގައިގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އޭނާގެ ކޮޑުހުޅަށާއި ފަޔަށް ވަނީ އަނިޔާ ވެފައެވެ.

ޝަފީގަށް ގައްދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.