ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މުބާރާތް ބާއްވާ ގައުމު ގަތަރާއި ނެދެލޭންޑްސް ވާދަކުރި މެޗު 0-2 އިން ނެދެލޭންޑްސް ކާމިޔާބުކޮށްފިއެވެ.

މިއާއެކު ނެދެލޭންޑްސް މިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޖަހާ ދިނީ ކޯޑީ ގެކްޕޯއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. ގެކްޕޯ ވަނީ ކުޅުނު ކޮންމެ މެޗެއްގައި ލަނޑެއް ޖަހާފައެވެ.

ގެކްޕޯ ވަނީ މުބާރާތުގައި މިހާތަނަށް ތިން ލަނޑު ޖަހާފައި/ފޮޓޯ: ފީފާ

ނެދަލޭންޑްސްގެ ދެވަނަ ލަނޑު ޖަހާ ދިނީ މިޑްފީލްޑަރު ފްރޭންކީ ޑި ޔޯންގެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 49 ވަނަ މިނެޓްގައެވެ. ނެދަލޭންޑްސްއިން މެޗުގައި އިތުރު ލަނޑެއް ޖެހި ނަމަވެސް އެލަނޑުގެ ކުރިން އެޓީމުން ފައުލެއްކޮށްފައިވާތީ އެލަނޑު ބަލައެއް ނުގަނެވެ.

މި ނަތީޖާއާއެކު ނެދެލޭންޑްސް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެގެން 7 ޕޮއިންޓް ހޯދައިގެންނެވެ.

މުބާރާތް ބާއްވާ ގަތަރު ވެގެން ދިޔައީ މި މުބާރާތުން ކެޓި ފުރަތަމަ ޓީމަށެވެ. އަދި ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ވާދަކުރި ގަތަރު މުބާރާތް ނިންމާލާފައި މިވަނީ އެއްވެސް ޕޮއިންޓެއް ނުހޯދައެވެ. އެޓީމަށް ވަނީ މުބާރާތުގައި އެއް ލަނޑު ޖެހިފައެވެ.