"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށާއި ފާޑުކިޔާފައިވެފައިވާ ކަމަށް ނިންމާ އަރަބިއްޔާ ސްކޫލުގެ ޓީޗަރު ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފިއެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 21 ގައި އެންމެ ފުރަތަމަ ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހަށެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވުނީ "އޮޅުމަކުން" ކަމަށް ފަހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުގައި ބުނެފައި ވަނީ ޒަމްޒަމް ފާރިޝް އޮފީހަށް ނުކުތުން މަނާކޮށްފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 258 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރާއި ހިލާފަށް އެކަށީގެންވާ ހާލަތެއް އޮވެގެންކަން އެޑިއުކޭޝަން މިނިސްޓްރީއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ޒަމްޒަމް އޮފީހަށް ނުކުތުން މަނާކުރި ކުރުމަކީ ސިވިސް ސާވިސް ގަވާއިދާއި ހިލާފު ނިންމުމެއް ކަމަށް ބުނެފައެވެ.

ޒަމްޒަމްގެ ސަސްޕެންޝަން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބާތިލުކުރުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސީއެސްސީއަށް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.