މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ އެންމެން އެ ގައުމަށް ފޮނުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ އަލިފާނުގައި މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު މިހާރު އެ ގައުމަށް ފޮނުވާފައިވާ ކަމަށާއި މިކަމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ހަ ފިރިހެނެއްގެ ކަމަށެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ފަސް ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވި އިތުރު މީހުންގެ ހަށިގަނޑު އެ މީހުންގެ އާއިލާއާ ހަވާލުކުރުމަށް އެ ގައުމަށް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.