މ. އަތޮޅުގައި ޑައިވިން އަށް ދިޔަ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

އެ އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ޑައިވިން އަށް ދިޔަ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ 10:55 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވެފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ މަރުވެފައި ވަނީ ޑައިވިން އަށް ފައިބައިގެން އުޅެނިކޮށް ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާގައިވާ ގޮތުން، މަރުވެފައި ވަނީ ޖަންބުގެ / ނ. ވެލިދޫ، އަހްމަދު ހަސަނެވެ. އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް، ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ވަނީ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.