ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައިގައި 9 ވަނަ މަހަށް އަޅާފައި ވަނިކޮށް، މިސްރާބުން ކަހާލި މިސައިލެއް ޕޮލެންޑަށް ވެއްޓިއްޖެއެވެ.

ޔޫކްރައިންގެ އެސް 300 މަރުކާގެ މިސައިލް ޕޮލަންޑަށް ވެއްޓުމާއެކު ބައިނަލްއަގުވާމީ މީޑިއާތަކުގައި އެކި ގޮތަށް ވާހަކަތައް ދެކެވުނު ނަމަވެސް އެ މިސައިލަކީ، ރަޝިއާގެ މިސައިލެއް ނޫން ކަމަށާއި ޔޫކްރައިންގެ މިސައިލެއް ކަމަށް ފަހުގެ ހަބަރުތައް ބުނެފިއެވެ. އަދި ޔޫކްރައިން އިން ވަނީ މިސައިލް ވެއްޓުނު ސަރަހައްދަށް ދާން ހުށަހަޅާފައެވެ.

މި މިސައިލާ ގުޅިގެން ރަޝިއާއިން ބުނީ، ހަނގުރާމަ ފެށިފަހުން ޕޮލޭންޑާ އެންމެ ގާތަށް ރަޝިއާގެ މިސައިލެއް ވެއްޓިފައި ވަނީ 35 ކިލޯމީޓަރާ ގާތަށް ކަމަށެވެ. އަދި މިއަދު ވެއްޓުނު މިސައިލަކީ، ރަޝިއާގެ މިސައިލަކަށް އަމާޒު ކޮށް ޔޫކްރައިން އިން ދިން މިސައިލެއް ކަމަށް ބެލެވޭ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. މިއާއެކު އެމެރިކާއިން އިން ބުނެފައިވަނީ ޕޮަލަންޑަށް ވެއްޓުނީ ރަޝިއާގެ މިސައިލަކަށް ވުން ދުރުކަމަށެވެ.

މިހާދިސާ އާ ގުޅިގެން ޕޮަލަންޑުން ބުނީ އެއީ އެކްސިޑެންޓެއް ކަމަށާއި، މިސައިލް ވެއްޓުނު ސަރަހައްދަށް ވަނުމުގެ ހުއްދަ ޔޫކްރައިން އަށް ދިނުމާ މެދު ވިސްނަމުން ދާ ކަމަށެވެ.

މި މިސައިލް މިސްރާބުން ކަސިޔާރުވެ ޕޮލަންޑަށް ވެއްޓިފައި ވާ އިރު، ޔޫކްރައިންގައި ބޭނުން ކުރަނީ އެމެރިކާއިން ދީފައިވާ އެއާ ޑިފެންސް ސިސްޓަމެވެ. އެެމެރިކާއިން ބުނެފައި ވަނީ އެ ސިސްޓަމް ތަކަކީ 100 ޕަސެންޓް އެކިއުރޭޓް (އަމާޒަށް ވާސިލުވާ) ސިސްޓަމް ތަކެއް ކަމަށާއި ޕޮލެންޑަށް މިސައިލް ވެއްޓުނު ގޮތް ބަލާނެ ކަމަށެވެ.

ޕޮލަންޑަށް މިސައިލް ވެއްޓުނު ހާދިސާގައި ހުޅަނގާއި ނޭޓޯއިން ޕޮލެންޑަށް ހަމްދަރީ ފާޅު ކުރިނަމަވެސް ޔޫކްރައިން ކުށްވެރިކޮށް އަދި ރަޝިއާ ކުށްވެރިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.