ނޮވެންބަރު 3 ގެ ހަމަލާއާއި ސިއްކަ އަހުމަދު އިސްމާއިލް މަނިކާ ގުޅުވުމަކީ އަބުރަށް އަރައިގަތުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހަކީ "ބިރުވެރި ސިއްކަގެ" ދުވަހުގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. އަދި ރައީސް ޔާމީން ވަނީ ތިނެއް ނޮވެމްބަރުގައި ދިވެހީން ގަތުލުކޮށް ދިން އަނިޔާތަކަށް ތިރީސް ހަތަރު އަހަރުވިޔަސް ނިމުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ 3 ނޮވެމްބަރުގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށާއި އޭނައަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
3 ނޮވެމްބަރުގެ ހަމަލާއާއި ގުޅިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް ކުރި ދައުވާ އަކީ ހަމަލާއާއި ގުޅޭ މައުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުކުރީ ހަމައެކަނި އޭނާގެ އިއުތިރާފު ބަޔާނަކުން ނޫނެވެ. އެހެންނަމަވެސް އެ އިއުތިރާފުގެ ބަޔާނުގައި އެ ހަމަލާ ދޭން އުޅޭކަން ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް މާކުރިން އެނގޭ ކަމަށް ވަނީ އިއުތިރާފުވެފައެވެ.
މީގެ އިތުރުން އެ ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ވެސް ވަނީ ހަމަލާ އާއި ގުޅޭ ހުރިހާކަމެއް ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް އެނގޭނެ ކަމަށް ތަހުގީގުގައި އަދި ކޯޓުގައިވެސް ބުނެފައެވެ.
ފަޒްނާގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް ވަނީ އެ ދުވަހުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް ވެސް ކޮށްފައެވެ.
އަބުރޭ މުންޖޭ ކިޔާނެ ކަމެއް ނެތް