ޗާގޯސް މައްސަލައިގައި ސަރުކާރުން ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމެއް ނިންމާފައިވާ ނަމަ އެ ނިންމުން ބަދަލު ކުރުމަށް އެމްއާރްއެމުން ގޮވާލައިފިއެވެ.
އެމްއާރްއެމުން މިހެން ބުނީ، ދިވެހިރާއްޖެ އާއި ޗާގޯސްގެ އިގްތިސޯދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް މޮރޮޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.
އެމްއަރްއެމުން ބުނީ، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް އޭރުގެ އެއްވެސް ނުފޫޒެއް ފޯރުވޭ ގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެ ޕާޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އެގޮތުން މިއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ރާއްޖެއަކީ ގައުމުތައް އަޅުވެތި ކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއް ކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެމްއާރްއެމުން ބުނެއެވެ. އެހެން ނަމަވެސް މޮރިޝަސް އިން ބޭނުންވާ ގޮތަށް ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަން ވި އިރު ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ނުވާތީ އާއި އެތަން މޮރިޝަސްގެ ދަށަށް ހިންގައްޖެނަމަ ރާއްޛޭގެ އިގްތިސޯދީ ސަރަހައްދު ކުޑަވެ އެ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށް ވެސް އުނިކަން ލިބޭނެތީ ކަމަށް އެމްއާރްއެމުން ބުނެއެެވެ.
ހަމައެއާއެކު މި މައްސަލައަކީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދާ ގުޅުން ހުރި ކަމަކަށް ވެފައި އެކަމުން މަސްވެރިންގެ އާއިލާތަކަށް ލިބެން އޮތް މަންފާއެއް ގެއްލެމުންދާ ކަމަށް އެމްއާރްއެމުން ބުނެއެވެ. އަދި މި މައްސަލައިގައި ސަރުކާރުން ގޮތެއް ނިންމާފައި ވަނީ އެ މައްސަލައާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ ބަހެއްވެސް ހޯދާފައި ނުވާތީ އެމްއާރްއެމުން ކަންބިޑުވާ ކަމަށް ބުނެއެވެ. އަދި މި މައްސަލައިގައި ގިނަ ފަންނީ މާހިރުންގެ ލަފާ ހޯދާފައި ނުވާ ކަން ވެސް އެމްއާރްއެމުން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މި ކަމުގެ ސައްހަ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށް ދިނުމަށް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ. އަދި ރާއްޛޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިވާ ނަމަ އެ ނިންމުން ބަދަލު ކުރުމަށް އެމްއާރްއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
30 އަހަރުގެ ވެރިކަމުގަ މައުމޫނު ހުރީ ނިދާފަތޯ. ދިވެހިންގެ އެންމެ ދެކުނުގެ އަތޮޅުތަށް ފޯޅަވަހި ހޯދަން އެއްކަމެއްވެސް ނުކޮށް. ކުރާކަށް ނުވެސް އެނގޭނެތާ ދޯ ؟ ޒިޔާރަތް ނަދުބުނުވައިގެން 40 ހަމަ ނުވަނީ ނަމަ އެރަށެއްގައި ހުކުރު ނުކުރުވައި ގުނޫތު ނުކިޔާ މީހުން ޖަލަށް ޢިލްމެއް ލިބިފަ މީހަކު ހުރެއްޖެނަމަ އެމީހަކު ހަރުގެޔަށްލާ ވެރިކަމެއް ވިއްޔަ ކުރީ ދޯ.