އޮށްޓަރު ހުރި ކާނާ ނުކައި ހަމައެކަނި ފެންބޮއެގެންް ދިިރިއުޅޭތާ 41 އަހަރުވެއްޖެ ކަމަށް ވިއެޓްނާމަށް އުފަން އަންހެނަކު ބުނެއްޖެއެވެ.
ފަސްދޮޅަސް ތިން އަހަރުގެ މި އަންހެން މީހާ ބުނީ އޭނާ ބައެއް ފަހަރު ފެންބޯއިރު ފެނަށް ކުޑަ ހަކުރުކޮޅެއް އަޅާ ކަމަށާއި އަނެއް ބައި ފަހަރު ފެނަށް ލޮނު ކޮޅެއް އަޅާކަމަށެވެ. އަދި ބައެއްފަހަރު ލުނބޯހުތު ފަނިފޮދެއް ބޯލާ ކަމަށްވެސް އޭނާ ބުންޏެވެ. އުމުރުން އެންމެ 21 އަހަރުގައި އޭނާއަށް މާގިނަ ސިއްހީ މައްސަލަތައް ދިމާވާން ފެށުމުން ކާއެއްޗެހި ކެއުން ހުއްޓާލުމަށްފަހު ހަމަ އެކަނި ފެންބޯން ފެށުމުން ސިއްހީ ގޮތުން އޭނާއަށް މާ ފައިދާކުރި ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ދިިިރިއުޅެމުން ގެންދަނީ ހަމަ އެކަނި ފެން ބޮއެގެން ކަމަށްވެސް އޭނާ ބުންޏެވެ.
އުމުރުން 21 އަހަރުގައި ލޭގެ މައްސަލައެއް ދިމާވި މި އަންހެން މީހާ އަށް ޑަކްޓަރީ އެއްވެސް ބޭހެއް ކައިވެން ހަށިގަނޑަށް ލުއި ނުލިބުމުން އަލުން އެހެން ޑަކްޓަރަކަށް ދިޔުމުން އެ ޑަކްޓަރު ލަފާ ދިނީ ދުވަސްކޮޅަކަށް ހަމައެކަނި ފެން ބުއި މަށެވެ. ކާއެއްޗެހި ނުކެއުމުން ވަރުބަލިކަން އިހުސާސްނުވާ ވަރަށް ގިނަ ގިނައިން ފެންބުއިމަށެވެ. އެއަށްފަހު މި އަންހެން މީހާ ހަމައެކަނި ފެންބޮއެގެން ދިރިއުޅެން ފެށީއެވެ.
އޭނާ ބުނީ ހަމައެކަނި ފެން ބޯން ވީމަ ވެސް ފޫހިވާ ކަމަށާއި ކާ ހިތްވާ ދުވަސްދުވަހު ކާއެއްޗެއް އަމިއްލަ އަށް ހަދައިގެން ކާން އުޅުނަސް މިހާރު އެއްގޮތަކަށްވެސް ނުކެވޭ ކަމަށެވެ. ކާން އުޅުމުން ވެސް އަރުތެރެއިން އެތެރެއަށް ކާއެއްޗެހި ނުދާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.