އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ގާތުން ވަރިވާން އުޅޭ ވާހަކަ އޭނާގެ އަނބިމީހާ ވިކްޓޯރިއާ ބެކަމް ދޮގުކޮށްފިއެވެ.
ބެކަމްގެ ގާތުން ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ އެންމެ ގަދައަށް މީޑިއާތަކުގެ ފަލަ ސުރުޙީގައި ހިމެނުނީ ވިކްޓޯރިއާގެ އަތުގައި ކުރަހާފައި އޮތް ބެކަމްގެ ޓެޓޫ ފުހެލުމުންނެވެ. ވަރިވާން އުޅޭ ވާހަކަ އަށް ރައްދުދެމުން ވިކްޓޯރިއާ ބުނީ ބެކަމްގެ ގާތުން ވަރިވާން ނޫޅޭކަމަށާއި އަތުގައި ކުރަހާފައި އޮތް ޓެޓޫ ފުހެލީ އެ ޓެޓޫ ހަޑިވީމާ ކަމަށެވެ. އެ ޓެޓޫ ޖަހައިގެން ލައްކަ ޒަމާން ވަންދެން އުޅެވިއްޖެ ކަމަށާއި ޓެޓޫ އެހާ ރީތި ނުވުމުން އެ ރިމޫވް ކުރީ ކަމަށެވެ.
ޓެޓޫ ރިމޫމް ކުރުމާއެކު ބެކަމްގެ ގުޅުމާ މެދު ސުވާލު އުފަައްދާނަ ޖާގައެއް ނެތް ކަމަށް ބުނަމުން ވިކްޓޯރިއާ ބުނީ ބެކަމް އަކީ ވަރަށް ރަނގަޅު ފިރިއެއް ކަމަށާއި އަދި ދަރިންނަށްވެސް އެހާ ރަނގަޅު ބައްޕަ އެއް ކަމަށެވެ. އަދި ކުރާ މަސައްކަތަށް ވަރަށް ސަޕޯޓްކުރާ ފިރިއެއް ކަމަށްވެސް ވިކްޓޯރިއާ ވަނީ ބުނެފައެވެ. ދެމީހުންނަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ ލޯބިވާ ބައެއް ކަމަށާއި ބެކަމް އަކީ އެއްވަނައިގެ މީހެއް ކަމަށް ވިކްޓޯރިއާ ބުނެއެވެ.
ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް ކައިވެނި ކުރީ 1999 ވަނަ އަހަރުއެވެ. ދެމީހުންގެ ކައިވެންޏަށް 23 އަހަރު ވެފައި ވާއިރު އެ ކައިވެންޏަށް ވަނީ ހަތަރު ދަރިން ލިބިފައެވެ. ދޮށީ ދަރި ބްރޫކްލިން ބެކަމް އަށް 23 އަހަރު ވެފައި ވާއިރު ދެވަނަ ދަރިފުޅު ރޯމިއޯ ޖޭމްސް ބެކަމް އަށް ވަނީ 20 އަހަރު ވެފައެވެ. ތިން ވަނަ ދަރި ކްރޫޒް ބެކަމް އަށް 17 އަހަރު ވެފައި ވާއިރު ހަގު ދަރިފުޅު ހާޕާ ސެވެމް ބެކަމް އަށް 11 އަހަރެވެ.