ހޮލީވުޑްގެ މަޝްހޫރު އެކްޓްރަސް މިލީ ބޮބޯ ބްރައުން ލީޑު ރޯލުން ފެނިގެންދާ ފިލްމު "އެނޯލާ ހޯމްސް 2" އަންނަ މަހު ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފިލްމުގެ ދެވަނަ ބައި ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެހިފައިވާއިރު މި ފިލްމުގެ ފުރަތަމަ ބަޔަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ޖެކް ތޯންގެ ސްކްރީންޕްލޭ އަކަށް ހެރީ ބްރެޑްބިއާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމުގައި ޕްރައިވެޓް ޑިޓެކްޓިވްގެ ރޯލުން ފެނިގެންދަނީ ހެންރީ ކޭވިލް އެވެ. ޝާލޮކް ހޯމްސްގެ ބޭބެގެ ރޯލުން ފެނިގެންދަނީ ސޭމް ކްލެފިން އެވެ.

މަޝްހޫރު ޑިޓެކްޓިވް ޝާލޮކް ހޯމްސްގެ ކޮއްކޮ، އެނޯލާއަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގެ ދެވަނަ ބައިގެ ޓްރެއިލާ މިހާރު އާންުކޮށްފައިވާއިރު ޓްރެއިލާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. ހާއްސަކޮށް މިލީ އަށް ގިނަ ބައެއް އަންނަނީ ތައުރީފްގެ ބަސްތައް އޮހޮރުވަމުންނެވެ. 18 އަހަރުގެ އެކްޓްރަސް މިލީ ގިނަ ބަޔަކު ބުނީ މިލީ ވެގެންދާނީ ހޮލީވުޑްގައި އެންމެ މޮޅު އެކްޓްރަސްއަށް ކަމަށެވެ.

ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ ޑިޓެކްޓިވް އޭޖެންސީ މިލީ ހުޅުވައިގެން އުޅޭތަނެވެ. އެގޮތުން އެ އޭޖެންސީ އަށް ކޭހެއް ލިބުމުން އެ ކޭސް ތަހުގީގު ކުރުމުގެ ތެރޭގައި ދިމާވާ ކަންތައްތައް ފެނިގެންދެއެވެ. އެނޯލާގެ ރޯލުން މިލީ ފެނިގެންދާއިރު ޝާލޮކްގެ ރޯލުން ފެނިގެންދާނީ ހެންރީ ކެވިލް އެވެ. އަދި ދެމީހުންގެ މަންމަގެ ރޯލް ކުޅެނީ ހެލީނާ ބޮންހަމްކާޓާ އެވެ.

ހޮލީވުޑްގެ ތަރި މިލީ ބޮބީ ބްރައުން މަޝްހޫރުވެގެންދިޔައީ "ސްޓްރޭންޖާ ތިންގްސް" ކުޅެގެންނެވެ.