މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާގެ އެންމެ މަގްބޫލު ވާހަކަފޮތް "އިޑް އެންޑްސް ވިތް އަސް" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްގައި މި ފިލްމު ސްޓްރީމްކުރަން ނިންމާފައިވާއިރު މި ފިލްމު ތިއޭޓާތަކުގައި އަޅުވައިގެން ފިލްމަށް ވަނީ ފިނި ތަރުހީބެއް ލިބިފައެވެ. ކޮލީންގެ އެންމެ މަޝްހޫރު ވާހަކަ އިޓް އެންޑްސް ވިތް އަސް އަށް ފިލްމެއް ހަދަން އުޅޭކަން އިއުލާންކުރުމާއެކު ކޮލީނަށް ތާއީދުކުރާ އެންމެން ތިބީ ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ފިލްމަށް ހަމަޖެހިފައިވާ ކާސްޓުން އިއުލާންވެސް ނުކުރަނީސް ފޭނުން އަމިއްލަ އަށް އެމީހުންނަށް ކަމުދާ ތަރިން ހިމަނައިގެން ކާސްޓުން ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. ފޭނުންނަށް މާޔޫސްކަމެއް ގެނައީ ކާސްޓުން އިއުލާންކުރުމުންނެވެ. ވާހަކަ ފޮތުގައި އުޅޭ ކެރެކްޓާތަކަށް އެ ތަރިން ހިމަނައިގެން އިންސާފެއް ނުލިބޭނެ ކަމަށް ފޭނުން އޭރު ބުންޏެވެ. ކަންދިމާވީވެސް އެހެންނެވެ. ފިލްމުގައި ލިލީ ކެރެކްޓާ ގެ ރޯލު ބްލޭކް ލައިވްލީ ކުޅޭއިރު ރައިލް ގެ ރޯލު ކުޅެނީ ޖަސްޓިން ބަލްޑޯނީއެވެ. މި ފިލްމަކީ ބަލްޑޯނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. އަދި އެޓްލަސްގެ ރޯލުން ފެނިގެންދަނީ ބްރެންޑަން ސްކެލަނާއެވެ. އަދި ކުޑައިރުގެ އެޓްލަސް ރޯލު ކުޅެނީ އެލެކްސް އެވެ. ރައިލް އަކީ ނިއުރޯސާޖަން އެކެވެ. އަދ އެޓްލަސް އަކީ ޝެފެކެވެ.

މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ. މި ވާހަކައިގެ ދެވަނަ ބައި "އިޓް ސްޓާޓްސް ވިތް އަސް" ވެސް ވަނީ 2022 ވަނަ އަހަރު ނެރެފައެވެ.