ދިވެހިންވެސް އާންމުކޮށް ގޮސް އުޅޭ ބޭންގްކޮކްގައި ތަފާތު ކަމެއް ރިޕޯޓު ކުރަމުން އެބަދެއެވެ. މީގެ ކުރިން ހަބަރުތަކުގެ ސުރުހީތަކުން ނުފެންނަ މި ކަމަކީ، ޑިން ޑަޔާންގެ އަވަށުގައި ކުރިމަތިވާ ހަރުފައިގެ އުނދަގުލުގެ ވާހަކައެވެ.

ހަބަރުތައް ބުނާގޮތުން، އެ އަވަށުގެ އިމަޖެންސީ ހޮޓްލައިން 199 އަށް ލިބޭ ފޯން ކޯލުތަކުގެ ތެރެއިން ކޮންމެ 15 މިނެޓަކުން ހަރުފައިގެ އުނދަގުލާ ކުރިމަތިވެގެން އެހީއަށް އެދޭ ކޯލް ހިމެނެއެވެ. އެ އަވަށުގެ މަގުގެ ދެފަރާތުގައި ހެދިފައި ހުންނަ ގަސްތަކުގެ ގޮފިތަކުން މަގުމައްޗަށް ވާ ގޮތަށް ހަރުފަތައް އެލިފައި ތިބޭ އިރު، ދިމާވާ އުނދަގުލާއި ގޭގެއަށް ވަނުމާއި މީހުންނަށް ހަމަލާ ދިނުން ފަދަ ހާދިސާތައް ކޮންމެ ދުވަހަކުހެން ހިނގައެވެ.

މިހަރުގެ މިހާތަނަށް 60،000 އަށް ވުރެ ގިނަ ހަރުފަ މަގުތަކުން ނަގާފައި ވާ ކަމަށް އޮފިޝަލުން ބުނާ އިރު ހަރުފައާއި އެނޫންވެސް ޕެޓް ޖަނަވާރު (އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު) ގެ މައްސަލަތާކާ ގުޅިގެން ދުވާލެއްގެ މައްޗަށް ލިބޭ ކޯލުވެސް 200 އަށް ވުރެ މައްޗެވެ.

މަގުމަތީގައި އޮތް ހަރުފައެއް އޮފިޝަލުން ހިފަނީ---

ރެސްކިއު އޮޕަރޭޓަރުން ހާމަކޮށްފައި ވާ އަދަދުތަކަށް ބަލާ އިރު، ހަރުފައިގެ އުނދަގުލާ ހުރެ ލިބޭ ކޯލްތަކަށް އޮފިޝަލުން އެ ސަރަހައްދަކަށް ގޮސް، ހަރުފަ އަތުލައި ނޭޝަނަލް ޕާކަށް ބަދަލު ކުރާ މިންވަރު 90 ޕަސެންޓަށް އަރައެވެ. ކާމިޔާބު ނުވެ ދާ ޕަސެންޓަކީ 10 އެއް ކަމަށްވެސް ބުނެއެވެ.

ޒޫލޮޖިސްޓުން ބުނާ ގޮތުން ބޭންގްކޮކްގެ ކޮންމެ އަވަށަކީވެސް ހަރުފައިގެ ހާލިތައް އޮންނަ އަވަށެވެ. އެންމެ ރަށްފުށު ހިސާބާ ހިލާފަށް ސިޓީ ތެރޭގެ އެކި ރަށްރަށުގައި ވެސް ހާހެއްހާ ހަރުފަ އުޅޭނެ ކަމަށް ބުނެއެވެ.

ޒޯލޮޖިސްޓް އަލޮންގްކޯން މަހާނޮޕް ބުނެފައި ވާ ގޮތުން، ހަރުފަ ގިނަވުމަކީ އޭގެ ނުރައްކާ ބޮޑުވުން އޮތް ކަމެއް ނަމަވެސް، އާންމުކޮށް އުޅޭ ހަރުފަ ޝިކާރަ ކުރަނީ، ކުއްތާއާއި، ކުކުޅާއި ބުޅާ ފަދަ ޖަނަވާރުތަކެވެ.

އަދި ސިޓީތެރެއިން ފެންނަ ހަރުފައިގެ 90 ޕަސެންޓަކީ ވިހަ ހަރުފަ ނޫން ކަމަށާއި ވިހަ ހުންނަ ޕައިތަން ފަދަ ހަރުފަ ފެންނަ ނިސްބަތަކީ 10 ޕަސެންޓް ކަމަށެވެ.