ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންގާގެ ރެފިއުޖީންއަށް އެހީވާން ރާއްޖެގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީގެ ހާއްސަ މެޑިކަލް ޕްރޮގްރާމެއް މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ.
ޑރ. މުހައްމަދު އަލީ ބަންގްލަދޭޝްއަށް ވަޑައިގަތީ ބައިނަލްއަގުވާމީ ފެންވަރުގައި އެކި ގައުމުތަކުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ޗެއާމަން އަހުމަދު އިގްބާލާއި އިންޓަރނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީއާއެކުގައެވެ.
އައިއޭސީއިން ބުނީ މި ދަތުރުގެ މަގުސަދަކީ ދެމެހެއްޓިނިވި ގޮތެއްގައި މިފަދަ ކޭމްޕްތަށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރެވޭ ފުރަތަމަ ދަތުރު ކަމަށާއި މިދަތުރުގައި ފަގީރުން ދިރިއުޅޭ ހިސާބުތަކުގައި އަދި ރޮހިންގިޔާ ރައްޔިތުން ދިރިއުޅޭ ކޭމްޕްތަކުގައި ހިލޭ ޑޮކްޓަރަށް ދެއްކުން ކުރިއަށްދާނެ ކަމަށެވެ. އަދި މީގެ އިތުރުން ލޮލުގެ ބަލިތަކަށް ކުރެވޭ ފަރުވާ ކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް އައިއޭސީއިން ބުނެއެވެ.
މިއަދު ޑރ. މުހައްމަދު އަލީގެ ހާއްސަ މެޑިކަލް ޕްރޮގްރާމް ރޮހިންޔާގެ ރެފިއުޖީ ކޭމްޕުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އިއްޔެ ވަނީ ލޮލުގެ ފަރުވާއަށް ހާއްސަ ކޭމްޕެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އައިއޭސީއިން ބުނީ އިއްޔެ ކުރިއަށް ދިޔަ ކޭމްޕުގައި އެތަނުގައި ތިބި ބައެއް މީހުންނަކީ ޅައުމުރުގައި ފެނުމުން މަހުރޫމްވެފައި ތިބި މީހުން ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ދިވެހިންގެ އެހީގައި އެ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބައެއް ހަރަކާތްތައް ހިންގުމުގެ ބޭނުމުގައި ކަމަށެވެ.
އިއްޔެގެ އެ ކޭމްޕުގައި އެ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލުގައި އަހަރުތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ޑޮކްޓަރުން ވަނީ ބަލި މީހުން ބަލާފައެވެ. އެގޮތުން ދިވެހިންގެ އެހީގައި ލޯ ސްކްރީން ކުރުމާއި ލޮލުގެ ޕްރެޝަރު ބެލުމާއި ލޮލަށް އައިނު ހެއްދުމަށް ނަންބަރު ނެގުމާއި އޭގެ އިތުރުން ސާޖަރީ ފަދަ އެހެން އެހީތެރިން ބޭނުންވާ މީހުން ވަނީ ދެނެގަނެފައެވެ.
396 މީހެއްގެ ލޯ ސްކްރީން ކޮށްފައިވާއިރު 79 މީހަކު ސާޖަރީ ހަދަން ވަނީ ނިންމާފައެވެ. އަދި 179 މީހަކަށް ބޭނުންވާ އައިނު ވަނީ ހަދިޔާކޮށްފައެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އެތަނަށް ދާ ބަލި މީހުންގެ ލޮލުގެ ސްކްރީން ކުރުމަށްފަހު އެއްވެސް ބައްޔެއް ހުރިތޯ ބަލާ ލޮލަށް ގެއްލުން ލިބޭ އެތެރެހަށީގެ ބަލިތައް ކަމަށްވާ ހަކުރު އަދި ލޭ މައްޗަށް ދިއުން ފަދަ ކަމެއް ހުރިތޯ ބަލާ ކަމަށެވެ. އަދި ލޮލުގެ އެތެރޭގެ ޕްރެޝަރު ބެލުމަށްފަހު ލޮލުގެ ނަންބަރު ނެގާ ލޮލަށް އަޅަން ޖެހޭ ބޭހެއް ހުރެއްޖެނަމަ ބޭހެއް ދިނުމަށްފަހު އައިނުވެސް ދީފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގާ ތިބި ބަލީމީހުން ނުދެއްކިގެން އުޅޭއިރު ބަލިމީހުންނަށް ގޮންޖައްސަވާ މަސްހޫރު ވާންވެގެން އުޅުމުން ބަލައެއް ނުގަނެވޭނެ މުސާރަ ދެއްވަނީވެސް ދިވެހި ރައިއްޔަތުންގެ ފައިސާއިން ވީމާ ޗުއްޓީ ނަންގަވައިގެން ދުރުވުމަކުން މައްސަލައެއް ނެއް