ޒުވާން އޮމާން ރީތި ހަންގަނޑެއްގެ ވެރިއަކަށް ވުމީ އެންމެން ވެސް ބޭނުންވާ ކަމެކެވެ. ޅައިރުގައި ހަންގަނޑުގެ ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް މޫނުގައި ނުހާކާ އެއްޗެއް މަދުވާނެއެވެ. ހަންގަނޑުގައި އުނގުޅާ ބައެއް ސާމާނުގެ ސަބަބުން ދުވަސްވާ ވަރަކުން ހަންގަނޑު މުސްކުޅިވާ ފަހަރުވެސް އާދެއެވެ. ތިމާގެ ބުރުސޫރަ ރީތިކޮށްދިނުމަށް އެންމެ ބޮޑު އެއް ދައުރެއް އަދާކުރާނީ ތިމާއަށް ލިބިފައިވާ ހަންގަނޑެވެ.
ބާޒާރުގައި އާ ބިއުޓީ ޕްރޮޑަކްޓެއް އިސްތިހާރު ކުރާއިރަށް އެ ގަންނަ މީހުން މިއަދުވެސް މަދެއް ނުވާނެއެވެ. ތިމާ އަށް ނުގުޅޭ ޕްރޮޑަކްޓްތައް ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑުގައި ރޫޖެހި މޫނުގައި ބިހި ނެގުން ގާތެވެ. އޭގެ ބަދަލުގައި ތިމާގެ ހަންގަނޑާއި ގުޅެނީ ކޮން ޕްރޮޑަކްޓްތަކެއް ތޯ ބެލުމަށް ފަހު އެ ބޭނުން ކުރުން މުހިއްމެވެ. އަދި ކެމިކަލް މާއްދާ ގިނަ އަދަދަކަށް ނުހިމެނޭ ޕްރޮޑަކްޓްތައް ބޭނުން ކުރުމަކީ ބުއްދިވެރި ކަމެކެވެ.
އަތްވަށް ނުކުތުމަކީ ހަންގަނޑު އަނދާ ކަމެކެވެ. އޭގެ ސަބަބުން ހަންގަނޑުގެ ކުލަ ފަނޑުވެގެން ދެއެވެ. ހަނދާނުގައި ބަހައްޓަންވީ އަތްވަން ނުކުންނައިރު ރަނގަޅު ސަން ލޯޝަނެއް ބޭނުންކުރުމެވެ. އެހެނީ އިރުގެ އަލިކަމުން ތިމާގެ ހަންގަނޑު އެއިން ރައްކާތެރި ކޮށްދޭނެތީއެވެ. އޭގެ އިތުރުން ކެއުމުގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމެވެ. ކާ ކެއުންތަކުގައި ތެލުގެ ބާވަތްތައް މަދުކޮށް މޭވާ އާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ބޭނުން ކުރުން މުހިއްމެވެ. އެ ބާވަތްތަކަކީ ތިމާގެ ހަންގަނޑު ޒުވާންކޮށް ދަމަހައްޓައި ދިނުމަށް އެހީތެރިވެދޭ ބައެއް ކާނާއެވެ.
ހަންގަނޑު މޮއިސްޓަރައިޒް ކޮށް ބެހެއްޓުމަކީ ހަންގަނޑު އޮމާންކޮށްދޭ ކަމަކެވެ. ރަނގަޅު މޮއިސްޓަރައިޒާ އެއް ހޯދައިގެން ބޭނުންކުރުން މުހިއްމެވެ. ހަމަ އެއާއެކު މޭކަޕް ކުރުމަ ށްފަހު ރަނގަޅަށް މޭކަޕްތައް ފިލުވުމަށް ފަހު ނިދުމަކީ މުހިއްމު ކަމެކެވެ. މޭކަޕްތަކާއި އެއްކޮށް ނިދައިފި ނަމަ މޫނުގައި ބިހި ނެގުން އެކަށީގެންވެއެވެ. ވެ. ހެނދުނު ހޭލުމަށް ފަހު އަދި ނިދުމުގެ ކުރިން ރަނގަޅަށް ތާފަނާ ފެނުން މޫނު ދޮންނަން އާދަކުރާށެވެ.
ހަންގަނޑުގައި އުފެދޭ ތެޔޮ ކަން ނައްތާލުމަށް ޕްރޮޑަކްޓްސްތައް ބޭނުންކުރުމުގެ ބަދަލުގައި ގިނައިން ފެންބޯށެވެ. ފެނަކީ ހަންގަނޑުގެ ތެޔޮކަން ނައްތާލަ ދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.