ޑެންގޫ ޖެހިގެން ފަރުވާދެމުންދިޔަ 8 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް "ދަ ޕްރެސް" އަށް ވިދާޅުވީ އެ ކުއްޖާ ޑެންގޫ ޖެހި އިތުރު ފަރުވާއަށް މާލެ ގެނައީ އިއްޔެ ހަވީރު ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ ކުއްޖާ މާލެ ގެނައީ ނޭފަތާއި އަންގައިން އަދި ގޮހޮރުން ލޭ އަންނާތީ ކަމަށާއި މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ފައިސަލް ވިދާޅުވީ އެހާ ބަލި ކުއްޖެއް މިވަގުތު ނެތް ނަމަވެސް މ އަތޮޅުން އިތުރު ފަރުވާއަށް ގެނެސްފައިވާ 3 ކުއްޖަކަށް މިހާރުވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ކަމަށެވެ.

މިހާރުވެސް ޑެންގޫގެ ވަރަށް ގިނައިން ފެތުރޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރަށްރަށުގައި ޑެންގޫހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

ޑެންގޫ ޖެހި އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވަނީ ރ. އަތޮޅުން ނެގައި ކުއްޖެކެވެ.