އައްޑޫސިޓީ ހިތަދޫ ގުރައިޝާމަންޒިލް އުބައިދުﷲ ހަސަން (28އ) ގެެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށާއި އޭނާ ހުރީ މަސްދޯންޏެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

އެހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ، އޮކްޓޯބަރު 03، 2022 ގެ 00:50 (ރޭ ދަންވަރު) އޭނާ އާ ފުލުހުންނަށް ގުޅިފައި ވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ފުލުހުން އޭނާ ނުފެނިގެން ރިޕޯޓް ކުރި އިރު، އޭނާ ގެއްލުނު ކަމަށް ބުނީ ސެޕްޓެމްބަރު 29، 2022 ވީ ބުރާސްފަތި ދުވަހު ދުވަހުގެ 08:00 ހާއިރު ކަމަށެވެ.

އައްޑޫން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވާއިރު މިދިޔަ މަހު 19 ވަނަ ދުވަހު ހުޅުމާލެއިން ގެއްލުނު ޒުވާނެއް ނުފެނި ގިނަ ދުވަސް ވެ އިއްޔެ އިރު އޮއްސެނިކޮށް ފެނުނު އިރު އޮތީ މަރުވެ ކުނިވެފައެވެ.