ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަ ކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ވެފައެެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.